ރާއްޖޭގައި 5،400 އަށްވުރެ ގިނަ އެކަނިވެރި މައިން

ކުޑަ ކުއްޖަކާއި މަންމައެއް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގައި 5،400 އަށްވުރެ ގިނަ އެކަނިވެރި މައިން އުޅޭ ކަމަށް މޯލްޑިވްސް ސްޓެޓިސްޓިކްސް ބިއުރޯއިން ދުނިޔޭގެ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި އާންމު ކުރި ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ސްޓެޓިސްޓިކްސް ބިއުރޯއިން އިއްޔެ އާއްމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުން، ރާއްޖޭގެ ޖުމުލަ އާބާދީގެ ތެރެއިން 31 އިންސައްތަ އަކީ ކުޑަކުދިންނެވެ. އެގޮތުން، ޖުމުލަ ކުޑަކުދިންގެ އަދަދު 119,159 އަށް އަރާއިރު އޭގެ ތެރޭގައި ހިމެނެނީ 61,150 ފިރިހެން ކުދިންނާއި 58,009 އަންހެން ކުދިންނެވެ.

އަތޮޅުތަކުގައި 73،907 ކުޑަކުދިން ދިރިއުޅޭއިރު، 45،2525 ކުދިން ދިރުއުޅެނީ މާލެއާއި ހުޅުމާލެ އަދި ވިލިމާލޭގައެވެ. އެހެންކަމުން، ކުޑަކުދިންގެ އާބާދީގެ 38 ޕަސަންޓް ކުދިން ދިރިއުޅެނީ މާލޭ ސަރަހައްދުގައެވެ.

ވަގުތީ ގޮތުން ކުދިން ބަލައި މީހުންނަށް ފޮސްޓާ ޕޭރެންޓް އެލަވަންސްގެ ގޮތުގައި އެންސްޕާއިން 148 މީހަކަށް އެލަވަންސް ދެއެވެ.

އެ ތަފާސްހިސާބުތައް ދައްކާގޮތުން، ކޮންމެ ތިން ކުއްޖަކުން އެއް ކުއްޖަކީ، ފައިސާގެ ދަތިކަމާއި، ތަޢުލީމާއި، އަސާސީ ޚިދުމަތްތައް ފަދަ ކަންކަމުން މަޙްރޫމްވެފައިވާ ކުއްޖެކެވެ. މީގެ އިތުރުން، 3.8 އިންސައްތަ ކުދިންނަކީ ނުކުޅެދުންތެރިކަމެއް ހުންނަ ކުދިންނެވެ.

comment ކޮމެންޓް