ގުޅިގެން މަސައްކަތްކޮށް ނަތީޖާ ނެރެދޭން ރައީސް އެދިވަޑައިގެންފި

މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމުގައި --- ފޮޓޯ/ ރައީސް އޮފީސް

އޮފީސްތައް ގުޅިގެން ރައްޔިތުންނަށް ޚިދުމަތްކުރުމުގެ އަމާޒެއް ކަނޑައަޅައި، ނަތީޖާ ނެރެދޭން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އެދިވަޑައިގެންފިއެވެ.

މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމެއްގައި އެ މަނިކުފާނު ވިދާޅުވީ، ހުރިހާ އޮފީސްތައް ގުޅިގެން އެއްބައިވަންތަކަމާ އެކު އެއް ޓީމެއްގެ ގޮތުގައި ނަތީޖާ ނެރެދޭން ހުރިހާ މުވައްޒަފުންގެ ކިބައިން ވެސް އެދިވަޑައިގަންނަވާ ކަމަށެވެ.

ރައީސް އޮފީހަކީ މުޅި ސަރުކާރު ހިންގުމުގައި އެންމެ އިސް ދައުރެއް އަދާކުރާ އޮފީސްކަމަށް ރައީސް ވިދާޅުވިއެވެ. އަދި، ސަރުކާރުގެ ހުރިހާ ވުޒާރާތަކާއި، މުވައްސަސާތަކަށް އިރުޝާދުތައް ދިނުމުގެ އިތުރުން ބަލަހައްޓަންޖެހޭ ކަންކަމުގެ ޒިންމާ އަދާކުރާ އޮފީހަކީ ވެސް އެއީ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"މި އޮފީސް ވެގެންވާނީ ސަރުކާރުގެ އެހެން އޮފީސްތަކަށް ވެސް ރީތި މިސާލެއް ދައްކައިދޭ އޮފީހެއްގެ ގޮތުގައި،" ރައީސް ވިދާޅުވިއެވެ.

މިދިޔަ ހުކުރު ދުވަހު ހުވާ ކުރެއްވި ރައީސް މުއިއްޒު މިހާރު ގެންދަވަނީ ސަރުކާރުގެ މުހިއްމު މަގާމުތަކަށް ބޭބޭފުޅުން އައްޔަން ކުރައްވަމުންނެވެ.

comment ކޮމެންޓް