ކޯޓް އަމުރެއްގެ ދަށުން އާރްޑީސީގެ އޮފީހަށް ފުލުހުން ވަދެއްޖެ

އާރުޑީސީ އޮފީސް ކުރިމަތީގައި ފުލުހުން ހަރަކާތްތެރިވަނީ-- ސަން ފޮޓޯ: މުޙައްމަދު ޝާތިއު އަބްދުﷲ

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އޮފީސް ތެރެއަށް ފުލުހުން ވަދެއްޖެއެވެ.

"ސަން"އަށް މައުލޫމާތު ދެމުން ފުލުހުން ބުނީ އާރުޑީސީއަށް ވަނީ ކޯޓު އަމުރެއްގެ ދަށުން، ފުލުހުން ތަހުގީގުކުރާ މައްސަލައަކާ ގުޅިގެންކަމަށެވެ.

"ސަން"އަށް މައުލޫމާތު ދެއްވަމުން އާރްޑީސީގެ މީޑިއާ އޮފިޝަލް އަޙްމަދު ފައިރޫޒް ވިދާޅުވީ، ފުލުހުން މާލޭގައި ހުންނަ އާރްޑީސީގެ ހުރިހާ ސައިޓަކަށާއި އޮފީސްތަކަކަށް ވަދެފައިވާ ކަމަށެވެ.

އާރުޑީސީ އޮފީސް ކުރިމަތީގައި ފުލުހުން ހަރަކާތްތެރިވަނީ-- ސަން ފޮޓޯ: މުޙައްމަދު ޝާތިއު އަބްދުﷲ

ނަމަވެސް އެ ކުންފުންޏަށް ވެސް ފުލުހުން ވަނީ ކޮން މައްސަލައެއްގައި ކަމެއް ނޭނގެއެވެ.

އާރްޑީސީއަކީ ކޮރަޕްޝަންގެ ބޮޑެތި ތުހުމަތު އަމާޒުވާ ކުންފުންޏެކެވެ. މީގެ ކުރިން ވެސް އެ އޮފީހުގެ ފައިސާ ތިޖޫރީ ގެއްލުމާއި، އާރްޑީސީގެ އޮފީހުން ވައްކަން ކުރުން ފަދަ އެތައް މައްސަލައެއް ވެސް ވަނީ ހިނގައިފައެވެ.

ކޮރަޕްޝަންގެ މައްސަލަތަކެއްގެ ތަހުގީގަށް ފުލުހުން ވަނީ ވަރަށް ފަހުން އެފްއޭއެމަށް ވެސް ވަދެފައެވެ. ބައެއް ހެކިތައް އެ އޮފީހުން ވެސް ފުލުހުން ގެންގޮސްފައިވެއެވެ.

comment ކޮމެންޓް