ފިސްތޯލައެއް ގެންގުޅުނުކަމުގެ ތުހުމަތުގައި ލަންކާ އެއާޕޯޓުން ދިވެއްސަކު ހައްޔަރު ކޮށްފި

ސްރީ ލަންކާގެ ބަންޑާރަނައިކަ އިންޓަނޭޝަނަލް އެއާޕޯޓް

ފިސްތޯލައެއް ގެންގުޅުންކަމުގެ ތުހުމަތުގައި ލަންކާގެ އެއާޕޯޓް، ބަންޑާރަނައިކަ އިންޓަނޭޝަނަލް އެއާޕޯޓް (ބީއައިއޭ) އިން 58 އަހަރުގެ ދިވެއްސެއް ހައްޔަރު ކޮށްފިއެވެ.

ލަންކާގެ ނޫހެއްގައި ރިޕޯޓުކޮށްފައި ވާގޮތުގައި ރޭގެ ވަގުތެއްގައި އޭނާ ހައްޔަރުކޮށްފައި ވަނީ މާލެ އައުމަށް ފުރަން ގޮސް ހުއްޓައެވެ. އޭނާގެ ދަބަހުން ބަޑިއެއް ކަމަށް ޝައްކު ކުރެވޭ އެއްޗެއް ފެނިފައި ވަނީ ސްކޭން ކުރުމުގެ ތެރޭގައެވެ.

ލަންކާ ފުލުހުން އަންނަނީ މިކަން އިތުރަށް ތަހުގީގު ކުރަމުން ކަމަށް އެ ނޫހުގައި ވެއެވެ.

ބައެއް މީޑިއާތަކުން ރިޕޯޓް ކުރިގޮތުގައި އެ މީހާ އަތުން ފެނިފައިވަނީ ބަޑިއެއްގެ ގޮތަށް އޮތް ލައިޓަރެކެވެ.

މިކަމާ ގުޅިގެން ފޮރިން މިނިސްޓްރީން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

comment ކޮމެންޓް