ފިލްމު 'ހަމް ސާތު ސާތު ހޭ' ކުޅެން މަދޫރީ އެއްބަސް ނުވީ މިހެންވެ

ބޮލީވުޑްގެ ފިލްމީ ތަރިން ކަމަށްވާ ތައްބޫ، މަދޫރީ ޑިކްސިޓް އަދި ސަލްމާން ޚާން

ނުވަދިހައިގެ އަހަރުތަކުގެތެރޭ ގިނަ ގެތަކެއްގެ ސިޓިންގްރޫމް ފަޅުފިލުވައިދިން އާއިލީ ފިލްމު "ހަމް ސާތު ސާތު ހޭ"އަކީ ވަރަށް ގިނަ ބައެއްގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދި ފިލްމެކެވެ.

މި ފިލްމު ރިލީޒް ކުރިތާ މި މަހު 24 އަހަރު ފުރިފައިވާއިރު ފިލްމަށް ބަތަލާ މަދޫރީ ޑިކްސިޓް ގެންނަން ނިންމިކަން އެނގޭހެއްޔެވެ. ނުވަދިހައިގެ އަހަރު ތަކުގެތެރޭ އެންމެ ގިނަ ބައެއްގެ ލޯ ހުއްޓިފައިވި ބަތަލާ މަދޫރީއަށް މި ފިލްމުގައި ފަހުން ތައްބޫ ކުޅުނު ރޯލް ހުށަހެޅި ނަމަވެސް މަދޫރީ އެ ރޯލަށް އެއްބަހެއް ނުވިއެވެ.

ފިލްމު 'ހަމް ސާތު ސާތު ހޭ'ގެ މަންޒަރެއް

މީގެ 24 އަހަރުކުރިން ސިނަމާތަކުގައި އެޅުވި ފިލްމު "ހަމް ސާތު ސާތު ހޭ" ވެގެންދިޔައީ އެ އަހަރު އެންމެ ބޮޑު ކާމިޔާބީއެއް ބޮކްސް އޮފީހުގައި ފިލްމުތަކުގެ ތެރޭގައެވެ.

އިންޑިއާގެ ރެޑިފަށް ދިން އިންޓަވިއުއެއްގައި މަދޫރީ ބުނެފައި ވަނީ ފިލްމުގައި މަދޫރީއަށް ހުށަހެޅި ރޯލުގައި ބަތަލާ އަކީ ސަލްމާން ޚާންގެ ފަހަރިއެއް ކަމަށެވެ. މި ފިލްމަށްވުރެ ކުރިން ސިނަމާތަކަށް ގެނައި ލޯބީގެ ރީތި ފިލްމުތައް ކަމަށްވާ "ހަމް އާޕްކޭހޭ ކޯން" އަދި "ސާޖަން" ފަދަ ފިލްމުތަކުން ސަލްމާން އާއި މަދޫރީގެ ލޯބީގެ ވާހަކަ އާއްމުންގެ މެދުގައި މަގުބޫލުވެފައިވީ ދަނޑިވަޅެއްގައި ސަލްމާންގެ ފަހަރިއެއްގެ ރޯލް ކުޅެފިނަމަ އެއީ ބެލުންތެރިންނަށް ވެވޭނެ ބޭއިންސާފެއްކަމަށް ވިސްނުނުކަމަށް މަދޫރީ ވަނީ ބުނެފައެވެ.

ނުވަދިހައިގެ އަހަރުތަކުގެތެރޭ އެންމެ ބޮޑު މަގުބޫލުކަމެެއް ލިބުނު އޮން ސްކްރީން ޖޯޑު މަދޫރީ އާއި ސަލްމާން ޚާން

ހިންދީ ސިނަމާއަށް ރީތި ފިލްމުތަކެއް ގެނެސްދީފައިވާ ޑައިރެކްޓަރު ސޫރަޖު ބަރްޖަތުޔާއަށް ނޫނެކޭ ބުނަން ވަރަށް އުނދަގޫވި ކަމަށާއި މަދޫރީއަށް ހުށަހެޅި ރޯލް ބަދަލުކުރުމަށް ސޫރަޖުއާ މަޝްވަރާ ކުރިކަމަށް ވެސް މަދޫރީ ވަނީ ބުނެފައެވެ. އެހެންނަމަވެސް އެކަން އެގޮތަށް ނުވީކަމަށް ބަތަލާ ވަނީ ބުނެފައެވެ.

ނެޓްފްލިކްސްއިން ގެނެސްދިން ވެބް ސީރީސް "ދަ ފޭމް ގޭމް"ގެ ބަތަލާ އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ އަހަރު އެމޭޒަން ޕްރައިމްއިން ގެނެސްދިން ފިލްމު "މަޖާ މާ"އިންނެވެ.

comment ކޮމެންޓް