އެމްޕީއެލްގެ ޕައިލޮޓޭޖު ޚިދުމަތުން ސާޗާޖް ނަގަން ނިންމައިފި

މާލެ ކައިރީގައި މަޑުކޮށްފައި އޮތް ކްރޫޒްލައިނަރެއް -- ސަން ފޮޓޯ: މުޒައްޔިން ނާޒިމް

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން ފޯރުކޮށްދެމުންދާ ޕައިލޮޓޭޖް ޚިދުމަތުން ސާޗާޖު ނަގަން ނިންމައިފިއެވެ.

އެ ކުންފުނިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މި ޙިދުމަތުން ސާޗާޗް ނަގަން ހަމަޖެހިފައިވަނީ މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން ކަމަށެވެ.

ޕައިލޮޓޭޖު ޚިދުމަތަކީ ބަނދަރަށް ވަންނަ އުޅަނދުތަކަށް ވަދެ ނުކުތުމުގެ ނެވިގޭޝަން މައުލޫމާތު ފޯރުކޮށްދިނުމެވެ. އެ ކަމަށް އެމްޕީއެލުން ހާއްސަ އުޅަނދެއް ބޭނުން ކުރެއެވެ.

މި ފީ ނަގާނީ:

  • 500 ޖީޓީ އިން ދަށުގެ އުޅަނދުތަކުން 1،080 ރުފިޔާ
  • 501 ޖީޓީ އިން 3،000 ޖީޓީއާ ދެމެދުގެ އުޅަނދުތަކުން 1،620 ރުފިޔާ
  • 3،001 ޖީޓީ -15،000 ޖީޓީގެ އުޅަނދުތަކުން 3،240 ރުފިޔާ
  • 15،000 ޖީޓީން މަތީގެ އުޅަނދުތަކުން 5،400 ރުފިޔާ

https://sun.mv/159915

ކުރިން އެމްޕީއެލުން އެ ޚިދުމަތުން ނަގާ ފީ ބޮޑު ވެސް ކުރިއެވެ. އެކަމަކު، އެ ފީ ބޮޑު ކުރުމުގެ ސަބަބުން ކްރޫޒްލައިނާތައް ރާއްޖެ އައުން މަދުވެފައިވާ ކަމަށް ބުނެ ކަންބޮޑުވުން އިތުރުވިއެވެ.

އެހެންވެ، 2021 ވަނަ އަހަރު އެމްޕީއުލުން އެ ފީ 50 އިންސައްތައަށް ކުޑަ ވެސް ކުރިއެވެ.

comment ކޮމެންޓް