ކުޅުދުއްފުށީ ސިޓީން މީހަކު ގެއްލިގެން ފުލުހުން އޭނާ ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.
މިކަމާ ގުޅިގެން ފުލުހުން ބުނީ، ގެއްލިގެން ހޯދަނީ ކުޅުދުއްފުށީ، ލަންދޫގެ އަބްދުﷲ އިބްރާހީމް،39 ކަމަށެވެ.
އޭނާ އެންމެ ފަހުން ފެނިފައި ވަނީ، މިދިޔަ ބުރާސްފަތި ދުވަހު ހެނދުނު ކަމަށް އާއިލާއާ ހަވާލާދީ ފުލުހުން ވަނީ ބުނެފައެވެ. އޭނާ ގެއްލިގެން ރިޕޯޓުކޮށްފައި ވަނީ އިއްޔެއެވެ.
އެހެންކަމުން އަބްދުﷲ އިބްރާހީމްގެ އެއްވެސް މައުލޫމާތެއް ލިބިފައި ވާނަމަ 3322111އަށް ނުވަތަ 9791382އަށް ގުޅާ އެ މައުލޫމާތު ހިއްސާކުރުމަށް ފުލުހުން އެދެއެވެ.
މީހުން ގެއްލިގެން ފުލުހުންނަށް ރިޕޯޓުކުރާ މިންވަރު މިފަހަކަށް އައިސް ވަނީ އިތުރު ވެފައެވެ. ފުލުހުން އެމީހާ ހޯދަން އިއުލާނު ކުރާތާ ކުޑަ އިރުކޮޅެއް ތެރޭ ގިނަ މީހުން އަމިއްލައަށް އާއިލާއާ ހަވާލުވެއެވެ.