އިމިގްރޭޝަނަށް މައްސަލައެއް ދިމާވެ، އެއާޕޯޓުގެ ކިޔުތައް ދިގުވެދާނެކަމަށް ލަފާކޮށްފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް އިމިގްރޭޝަން ޕްރޮސެސިންއަށް ކުރިމަތިވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން އެއާޕޯޓުގެ ކިއުތައް ދިގުވެދާނެކަމަށް ލަފާކޮށްފިއެވެ.

މިކަމާ ގުޅިގެން "ސަން"އާ ވާހަކަ ދައްކަވަމުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ކޯޕަރޭޓް ކޮމިއުނިކޭޝަންގެ މެނޭޖަރު ޝަމްއާން ޝާކިރު ވިދާޅުވީ، މިފަދަ ވަގުތެއްގައި ވިސާ މެނުއަލްކޮށް ޕްރޮސެސްކުރާނެ ގަވާއިދެއް އިމިގްރޭޝަނުން ކަނޑައަޅާފައި ވާކަމަށެވެ. އަދި މިވަގުތު މަސައްކަތްތައް ކުރިއަށް ގެންދަނީ މެނުއަލްކޮށް ކަމަށާއި ދަތުރުވެރިންނަށް ފުރޭނެކަމަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް، މެނުއަލްކޮށް މަސައްކަތް ކުރުމުގެ ސަބަބުން އެ މަސައްކަތައް ވަގުތު ނަގާފާނެ ކަމަށާއި މިކަމުގެ ސަބަބުން ކިޔުތައް ދިގުވެދާނެކަމަށް ލަފާކުރެވޭކަމަށް ޝަމްއާން ވިދާޅުވިއެވެ.

އެހެންކަމުން ފުރަންދާ މީހުން އަވަހަށް އެއާޕޯޓަށް ގޮސް ޗެކްއިން ވުމަށް އެދެއެވެ.

މި މައްސަލަ ވީހާވެސް އަވަހަކަށް ހައްލުކުރުމަށް މަސައްކަތް ކުރާކަމަށް ޝަމްއާން ވިދާޅުވިއެވެ.

comment ކޮމެންޓް