2020ވަނަ އަހަރުން ފެށިގެން ވެމްކޯއިން ފައިނޭންޝަލް އޮޑިޓެއް ނުހަދާ: ފިރުޒުލް

ޖޫން 1، 2020: ނިއު ނޯމަލްގެ ފުރަތަމަ މަރުހަލާ ފެށުމާއިއެކު މާލޭ މަގުތަށް ބާރުބޮޑުުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދެހާސް ވިހިވަނަ އަހަރުން ފެށިގެން ވެމްކޯއިން އެއްވެސް ފައިނޭންޝަލް އޮޑިޓެއް ފުރިހަަމަ ކޮށްފައި ނުވާ ކަމަށާއި، މި ދައުރުގައިި އެ ކުންފުނި ހިންގުމުގައި ހަރުދަނާ ބިޒްނަސް ޕްލޭނެއް ނެތްކަމަށް ފާހަގަވެފައިިވާކަމަށް އިންތިޚާބީ ރައީސްގެ އޮފީހުން ބުނެފިއެވެ.

މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އިންތިޚާބީ ރައީސްގެ އޮފީހުގެ ތަރުޖަމާނު ފިރުޒުލް އަބްދުﷲ ޚަލީލް ވަނީ ޔުޓިލިޓީގެ ޚިދުމަތް ދޭ ކުންފުނިތަކުން ފާހަގަވި ކަންކަން ހިއްސާކުރައްވައިފައެވެ.

އިންތިޚާބީ ރައީސްގެ އޮފީހުން ހިއްސާކުރި ގޮތުގައި ވެމްކޯގެ ހާލަތު ހުރި ގޮތް:

  • ޖުމްލަ ދަރަނި: 226 މިލިއަން ރުފިޔާ
  • ސަރުކާރުން ކެޕިޓަލް އިންޖެކްޓްކުރަން ޖެހޭ

ފިރުޒުލް ވިދާޅުވި ގޮތުގައި ވެމްކޯއަކީ ކޮންމެ މަހަކު ވެސް އެ ކުންފުނީގެ ޚަރަދުތައް ހަމަޖެއްސުމަށް ސަރުކާރުން ފައިސާ ހޭދަކުރަން ޖެހޭ ކުންފުންޏެކެވެ. އެެހެންވެ އެ ކުންފުންޏަށް ލިބޭ ގެއްލުން އެއް ދުުވަހުން އަނެއް ދުވަހަށް ދަނީ އިތުރުވަމުން ކަމަށް ފިރުޒުލް ވިދާޅުވިއެވެ.

ފިރުޒުލް ވިދާޅުވީ ވެމްކޯގައި ބިޒްނަސް ޑިވެލޮޕްމަންޓް ޕްލޭނެއް އެކުލަވައިލެވިފައި ނެތް ކަމަށެވެ.

އަދި 2020ވަނަ އަަހަރުން ފެށިގެން ކުންފުނީގެ ފައިނޭންޝަލް އޮޑިޓް ފުރިހަމަކޮށްފައިނުވާ ކަމަށް ފާހަގަކުރެވިފައިވާ ކަމަށް ވެސް ފިރުޒުލް ވިދާޅުވިއެވެ. މީގެ އިތުރުން ކުންފުނީގެ އިވެންޓްރީއާއި ސްޓޮކް ރަނގަޅަށް ބެލެހެއްޓިފައި ނުވާ ކަމަށް ވެސް ވިދާޅުވިއެވެ.

"ނަތީޖާއެއްގެ ގޮތުން ކުންފުނީގެ ޚިދުމަތް ފޯރުކޮށްދިނުމަށް ޓަކައި އެ ބޭފުޅުން ބޭނުންކުރަމުންދާ ފްލީޓުތައް ވެސް ވަރަށް ބޮޑަށް ބާވެ އެ ތަކެތި ވެސް ހުރީ ވަރަށް ބޮޑަށް މަރާމާތު ކުރަންޖެހިފައިވާކަން ވެސް ފާހަގަވޭ،" އޭނާ ވިދާޅުވިއެވެ.

އެހެންވެ، މިހާރު އެ ކުންފުނިން އަމަލުކުރާ ގޮތަކީ، އެއްޗެއް ހަލާކުވުމުން ވަގުތުން އެ މަރާމާތުކުރުމަށް ބޭނުންވާ އެއްޗެއް ހޯދުން ކަމަށް ވިދާޅުވިއެވެ. އެހެންވެ ކުންފުނީގެ ޚަރަދުތައް ހިފެހެއްޓުމެއް ނެތި އިތުރުވާކަމަށް ވެސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ހަރުދަނާ ޕްލޭނަކާއެކު ޓެކްނޮލޮޖީގެ ބޭނުންކޮށްގެން ކުނިން ފައިދާ ނެރެވޭނެ ކަމަށެވެ. އަދި 'ނެގެޓިވް' ކަމެއްގެ ގޮތުގައި އޮތް އޮތުން ބަދަލުކޮށް 'ޕޮޮޒިޓިވް' ކަމަކަށް ހެދިދާނެ ކަމަށެވެ. އެ ކަމަށް އާ ސަރުކާރުން މަސައްކަތް ކުރާނެކަމަށް ވެސް ވިދާޅުވިއެވެ.

ވެމްކޯއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަމުގައި އުފެއްދި ކުންފުންޏެކެވެ.

comment ކޮމެންޓް