އިންޑިއާގެ އެންމެ ބޮޑު ލަގްޒަރީ މޯލް ކަމަށްވާ ޖިއޯ ވޯލްޑް ޕްލާޒާ މިއަދު މުމްބާއީގައި ހުޅުވައިފިއެވެ.
މުމްބާއީގެ ބަންދުރާ ކުރުލާ ކޮމްޕެލްކްސްގައި ހުންނަ މި މޯލްއިން ތަފާތު ޚިދުމަތްތައް ލިބޭއިރު އޭގެ ތެރޭގައި ކައިވެނީގެ ހަފުލާތައް ބޭއްވުމުގެ ފުރުސަތާއި ލަގްޒަރީ ބްރޭންޑުތަކުގެ ފިހާރަތަކުން ވިޔަފާރި ކުރުމުގެ ފުރުސަތު ހިމެނެއެވެ.
މި މޯލްގައި ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ 66 ބްރޭންޑެއްގެ ހުންނައިރު އޭގެ ތެރޭގައި، ކާޓިއާއާއި ބަލްގާރީ އާއި ލޫއީ ވިތޮން އާއި ޑިއޯ އާއި ގުޗީގެ އިތުރުން ލަގްޒަރީ ގަޑި އުފައްދާ އައިޑަބްލިއުސީ ޝަފް ހައުސަން އާއި ޕްރީމިއަމް ލަގެޖް އުފައްދާ ރިމޯވާގެ ފިހާރަތައް ހިމެނެއެވެ.

އިންޑިއާގެ އެންމެ ބޮޑު ލަގްޒަރީ މޯލް ކަމަށްވާ ޖިއޯ ވޯލްޑް ޕްލާޒާގައި 66 ލަގްޒަރީ ބްރޭންޑުގެ ތަކެތި ވިއްކާނެ --
ދުނިޔޭގެ 13ވަނައަށް އެންމެ މުއްސަނދި އަދި އޭޝިއާގެ އެންމެ މުއްސަނދި މީހާގެ މަގާމު ހޯދާފައިވާ މުކޭޝް އަމްބާނީ ޖިއޯ ވޯލްޑްގެ ބޮޑުމިނުގައި 750،000 އަކަފޫޓު ހުރެއެވެ.
ޓައިމްސް އޮފް އިންޑިއާގައިވާ ގޮތުން މި މޯލްއިން ޚިދުމަތް ދެވެނީ ކުލީގެ ގޮތުގައި ވަރަށް ބޮޑު އަގެއް ދެއްކުމުންނެވެ. އެގޮތުން ލުއީ ވިތޮންގެ ފިހާރައަށް އެ ބްރޭންޑުން 40.5 ލައްކަ ރުޕީސް (48,629 ޑޮލަރު) ދައްކާ ކަމަށާއި ޑިއޯގެ 3،317 އަކަފޫޓުގެ ޖާގައަށް އެ ބްރޭންޑުން 21.56 ލައްކަ ރުޕީސް ދައްކާ ކަމަށް އެ ނޫހުގައިވެއެވެ.

އިންޑިއާގެ އެންމެ ބޮޑު ލަގްޒަރީ މޯލް ކަމަށްވާ ޖިއޯ ވޯލްޑް ޕްލާޒާގައި ފިހާރަތައް ހުޅުވާފައިވާ ބްރޭންޑުތަކުގެ ތެރޭގައި ގުޗީ ވެސް ހިމެނޭ --
މީގެ އިތުރުން ލަގްޒަރީ ބްރޭންޑުތަކަށް މަހަކަށް ލިބޭ އާމްދަނީގެ ބައެއް، މޯލްގެ ވެރި ފަރާތް ކަމަށްވާ ރިލަޔަންސަށް ދޭނެ ކަމަށާއި އެގޮތުން ހަތަރު ޕަސެންޓާއި 12 ޕަސެންޓާ ދެމެދުގެ މިންވަރެއް އެ ބްރޭންޑުތަކުން ދޭން އެއްބަސްވެފައިވާ ކަމަށް ރޮއިޓާސްގައިވެއެވެ.
View this post on Instagram