މާލޭގެ މުސްކުޅި ގަޑިބުރު ޒަމާނީކޮށް، މި މަހު 17އަށް ނިންމަނީ

މާލޭގެ ގަޑިބުރު ނިމުމުން ހުންނާނެ ގޮތް -- ފޮޓޯ/ މާލެ ސިޓީ ކައުންސިލް

މާލޭގައި ގިނަ ދުވަސްތަކެއް ވަންދެން ހުރި، ކުރީގެ މުސްކުޅި ގަޑިބުރު އަލުން އިމާރާތްކޮށް، އެ މަސައްކަތް ނޮވެމްބަރު 17އަށް ނިންމައިލެވޭތޯ މަސައްކަތްކުރަމުން އަންނަކަމަށް މާލޭ ސިޓީ ކައުންސިލުން މިއަދު ބުނެފިއެވެ.

ގަޑިބުރު އަލުން އިމާރާތް ކުރުމުގެ މަސައްކަތް ކުރަމުން އަންނަނީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަންސް (އާރްސީސީ)ންނެވެ.

މި މަސައްކަތުގެ ތަފުސީލު ހިއްސާކުރައްވަމުން މާލޭ ސިޓީގެ މެދުހެންވޭރު ދާއިރާގެ ކައުންސިލަރު އާދަމް ރަމީޒް ވިދާޅުވީ އެއީ ކުންފުންޏެއްގެ ސީއެސްއާރްގެ ތެރެއިން އާރްސީސީއާ ކޮންޓްރެކްޓްކޮށްގެން ކުރަމުން އަންނަ ކަމެއް ކަމަށެވެ.
ނަމަވެސް އެއީ ކޮން ކުންފުންޏެއް ކަމެއް ރަމީޒް ވިދާޅެއް ނުވެއެވެ.

އެހެންކަމުން ސިޓީ ކައުންސިލުން އެއްވެސް ޚަރަދެއް ނުކުރާކަަމަށް އޭނާ ވިދާޅުވިއެވެ. ރަމީޒް ވިދާޅުވި ގޮތުގައި އެ މަސައްކަތަށް ޚަރަދު ވަނީ އެއް މިލިއަން ރުފިޔާއެވެ.

މަލޭ ސިޓީ ކައުންސިލަރު އާދަމް ރަމީޒް --

އޭނާ ވިދާޅުވީ އެ މަސައްކަތް ނިމުމުން، ގަޑިބުރު ސަރަހައްދުވާނީ ހިތްގައިމު ތަނަކަށް ކަމަށެވެ. އަދި ކުރިން ހުރި މުސްކުޅި ގަޑިބުރުގެ ގޮތުގައި އެ ތަން އަލުން ފެންނާނެކަމަށް އޭނާ ވިދާޅުވިއެވެ.

https://sun.mv/91663

ގަޑިބުރު ހިމެނޭ ސަރަހައްދުގެ ޓްރެފިކް ބާރު ކުޑަކުރުމަށް ޒަމާންވީ ގަޑިބުރު ތަޅާލައި އެތަން ކުޑަކުރުމުގެ މަސައްކަތް ކުރީ ޑރ. މުއިއްޒުގެ ހައުސިން މިނިސްޓަރު ކަމުގެ ދަށުން 2017 ވަނަ އަހަރެވެ.

ގަޑިބުރަކީ މާފަންނު ފަރީދީމަގާއި، ފަނޑިޔާރު މަގު އަދި އޯކިޑް މަގާއި ފުނަ ގޯޅި ގުޅޭ ގޮތަށް ހުންނަ ތަނެކެވެ.

comment ކޮމެންޓް