ކުރީގެ ޓްވިޓާ އަދި މިހާރުގެ އެކްސްއާ ވާދަކުރުމަށް މެޓާއިން ތަޢާރަފު ކުރި މަޝްހޫރު މެސެޖިން އެޕްލިކޭޝަން ތްރެޑްސްގެ އެންމެ ފަހުގެ އަޕްޑޭޓްގައި ޔޫޒަރުން ވަރަށް ބޮޑަށް ޑިމާންޑް ކުރާ ދެ ފީޗާއެއް ތައާރަފު ކޮށްފިއެވެ. ފަހުގެ އަޕްޑޭޓާ އެކު މިހާރު ޔޫޒަރުންނަށް ފަސޭހަކަމާ އެކު ޕޯލްތައް ކްރިއޭޓްކޮށް، އެނިމޭޓެޑް ޖިފްތައް ރައްޓެހިންނަށް ޝެއާ ކުރެވޭނެއެވެ.
ސީއީއޯ މާކް ޒަކަބާގް ތްރެޑްސްއަށް ގެނައި މި އަޕްޑޭޓް އިއުލާނު ކުރެއްވީ ތްރެޑްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. މި ދެ ފީޗާ ވެސް މޮބައިލް އެޕްލިކޭޝަނާއި ވެބް ވާޝަންގައި ލިބެން ހުންނާނީ އެންމެ ފަހުން ރިލީޒްކުރި ވާޝަންއަށް އަޕްޑޭޓް ކުރުމުންނެވެ.
ޖިފެއް ޕޯސްޓް ކުރުމަށް މެސެޖެއް ކޮމްޕޯޒް ކުރާއިރު ޑެޑިކޭޓެޑް ޖިފް ބަޓަން ޓެޕް ކޮށްލުމުން މެޓާގެ ޖިފީ ލައިބްރަރީ އިންޓަގްރޭޝަން ހުޅުވިގެން ދެއެވެ. އެއަށް ފަހު ސާޗްކޮށް ޖިފެއް އިންސާޓް ކޮށްލެވޭނެއެވެ.
ތްރެޑްސްގައި ޕޯލްތައް ކްރިއޭޓް ކުރެވުނަސް ޕޯލްތަކަށް އަދި އޮތީ ޕޯލް ޓައިޓަލް އެއް އިތުރުކުރުމުގެ އޮޕްޝަނަކާއި ޕޯސްޓު ކުރާއިރު ހަތަރު އޮޕްޝަނެކެވެ. އެހެންނަމަވެސް ނަތީޖާ ދެއްކުމުގެ ކުރިން 24 ގަޑިއިރު މި ޕޯލް ލައިވް ކުރެވޭނެއެވެ.
މެޓާގެ އެހެން މެސެޖިން އެޕްލިކޭޝަންތައް ކަމަށްވާ ވަޓްސްއެޕާއި މެސެންޖާ ފަދަ އެޕްލިކޭޝަންތަކާ އެއްގޮތްވާ ގޮތުގެ މަތިން ތްރެޑްސްއަށް ވެސް ފީޗާތައް އިތުރުކުރަމުން ދާއިރު، ވަކިން ހާއްސަކޮށް ޖިފްތަކަށް ގިނަ ދުވަސްތަކެއް ވަންދެން ޔޫޒަރުން ޑިމާންޑް ކުރި ކަމަށް އެ ޕްލެޓްފޯމުން ބުނެއެވެ.
ތްރެޑްސްއަކީ ގާތް ރަހުމަތްތެރިންނާއި އާއިލާއަށް ހާއްސަ ޕްރައިވެޓް މެސެޖިން އެޕްލިކޭޝަނެއްގެ ގޮތުގައި ފާހަގައިވެފައިވާ އެޕްލިކޭޝަނެކެވެ. ފަސޭހަކަމާ އެކު މި ޕްލެޓްފޯމް މެދުވެރިކޮށް ފޮޓޯ، ވީޑިއޯ، ޓެކްސްޓް އަދި މިހާރު ޖިފް އަދި ޕޯލްތައް ވެސް ހިއްސާ ކުރެވެއެވެ.
މެޓާގެ އަމާޒަކީ ތްރެޑްސް އަކީ އެންމެ ފެންވަރު ރަނގަޅު އިންޓިމޭޓް މެސެޖިން ޕްލެޓްފޯމަކަށް ހެދުމެވެ. ޔޫޒަރުންގެ ޑިމާންޑްތަކާއި އެއްގޮތަށް އިތުރު ފީޗާތައް ތަޢާރަފު ކުރުމުން އެޕްގެ ވަފާތެރި ޔޫޒަ ބޭސްގެ މެދުގައި އެންގޭޖްމަންޓް އިތުރުވެގެން ދާނެ ކަމަށް ބައެއް ރިޕޯޓްތައް ބުނެއެވެ.
މި އަހަރުގެ ޖުލައި ފަސްވަނަ ދުވަހު ތަޢާރަފު ކުރި ތްރެޑްސްގައި މިހާރު މިލިއަކަށް ވުރެ ގިނަ އެކްޓިވް ޔޫޒަރުން ތިބެއެވެ.