ޔޮޓެއްގައި ރޯވެ އަނދައިފި

ޔޮޓުގައި ރޯވެ އަނދަނީ-- ފޮޓޯ: އެމްއެންޑީއެފް

ރިޒްކަލްޓަން ރިސޯޓް ކައިިރީގައި އޮތް ޔޮޓެއްގައި ވަރަށް ބޮޑަށް އަލިފާން ރޯވެއްޖެއެވެ.

އަލިފާން ރޯވެފައި މި ވަނީ ސުމާޓް އޮން ކިޔާ ކުންފުންޏަކުން އޮޕަރޭޓް ކުރާ "މޭޖެސްޓީ 62" ނަމަކަށް ކިޔާ ސަފާރީއެއްގައެވެ.

އެމްއެންޑީއެފްއިން ބުނީ އެ ހާދިސާގެ ރިޕޯޓް މިއަދު 7:37 ގައި ލިބުމާއެކު އެ ސަރަހައްދަށް ގޮސް، އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އަލިފާން ރޯވިއިރު ޔޮޓުގައި ތިބި ޓޫރިސްޓުންނާއި ކުރޫއިން އެހެން ލޯންޗަކަށް ނަގާފައިވާ ކަމަށާއި މީހަކަށް އެއްވެސް އަނިޔާއެއް ލިބުނު ކަމުގެ ރިޕޯޓެއް މިހާތަނަށް ނުލިބޭކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.

މި ހާދިސާގެ އިތުރު މައުލޫމާތެއް އަދި ނުލިބެއެވެ.

comment ކޮމެންޓް