MTCC
Ooredoo

އެފްއެސްއެމްގެ ޑޮކިއުމަންޓްތަކެއް ނައްތައިލަނިކޮށް ވީޑިއޯކުރި މުވައްޒަފަކު ސަސްޕެންޑުކޮށްފި

އެފްއެސްއެމްގެ ލިޔެކިޔުންތަކެއް ނައްތައިލަނީ --

ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ ޑޮކިއުމަންޓްތަކެއް ނައްތައިލަނިކޮށް ވީޑިއޯކުރި މުވައްޒަފަކު އެ ކުންފުނިން ސަސްޕެންޑުކޮށްފިއެވެ.

ADK GENERAl

މިހާރު ސޯޝަލް މީޑިއާގައި އާންމުވަމުން އަންނަ ވީޑިއޯއަކުން ފެންނަނީ އެފްއެސްއެމްގެ ގިނަ އަދަދެއްގެ ޑޮކިއުމަންޓު ސިމެންތި ގަށައި މެޝެނަކަށް އަޅައި އެ ނައްތައިލައި މަންޒަރެވެ.

އެ މަންޒަރު ވީޑިއޯކުރީ އެ ކުންފުނީގެ ޓެކްނީޝަން އަހުމަދު އަނީސެވެ.

"ސަން"އާ ވަހަކަދައްކަމުން އަނީސް ބުނީ އާންމުކޮށް ވެސް ހެޑު އޮފީހުން ގެންނަ ބޭނުން ނުވާ ބައެއް ލިޔުންތައް ނައްތައިލައި ކަމަށެވެ. ނަމަވެސް މިފަދަ ގޮތަކަށް ޚާއްސަކޮށް އިންތިގާލީ މަރުހަލާއެއް ހިނގަމުން އަންނައިރު އެ ފަދަ ކަމެއް ކުރުމުގައި ގޯހެއް އުޅޭކަމަށް އޭނާއަށް ޝައްކުކުރެވޭ ކަމަށް ވިދާޅުވިއެވެ.

އެއީ, އެ ވީޑިއޯ އޭނާ ނެގި ސަބަބު ކަމަށް ވެސް ބުންޏެވެ. ނަމަވެސް އެ ވީޑިއޯ ސޯޝަލް މީޑިއާއަށް އާންމުވީ އޭނާގެ ރައްޓެއްސަކަށް އެ ފޮނުވުމުން އޭނާ އެ ސޯޝަލް މީޑިއާއަށް ލުމުންކަމަށް ބުންޏެވެ.

"މި ދަނޑިވަޅުގައި އެއީ ބޭނުންވާ އެއްޗެއްކަމެއް ނުވާ އެއްޗެއްކަމެއް ކާކަށް އެނގޭނީ. ދެ ރައީސުން ބަދަލުވާ ވަގުތު އިންތިގާލީ މަރުހަލާގައި އޮއްވައި އެއޮތީ އެއްވެސް ކަމެއް ނުކުރަން އަންގައިފައި،" އޭނާ ބުންޏެވެ.

އެ ފަދައިން އަންގައިފައި އޮއްވައި މަސައްކަތްކުރާ އަމިއްލަ ކުންފުނިން އެއާ ދެކޮޅަށް މަސައްކަތްކުރުމަކީ ބަލައިގަންނަ ކަމެއް ނޫންކަމަށް ވެސް އަނީސް ބުންޏެވެ.

"އެެހެންވީމާ މި ވާ ގޮތެއް ނޭނގެންޏާ، އަހަރުމެންގެ ހައްގެއް ދޯ، އަހަރުމެން ޖެހޭ މި ވާ ގޮތެއް ބަލަން،" އަނީސް ބުންޏެވެ.

އަނީސް ބުނި ގޮތުގައި އެފްއެސްއެމްގައި އޭނާ ވަޒީފާ އަދައިކުރާތާ އަށް އަހަރު ވެއްޖެއެވެ. އެ ވީޑިއޯ އާންމުވުމާ އެކު އެޗްއާރުން އޭނާ ހާޒިރުކޮށް، ސުވާލުކޮށް، ސަސްޕެންޝަން ލިޔުންދީ ގޭގައި މަޑުކުރަން އެންގީ ކަމަށް ބުންޏެވެ.

އޭނާ ބުނި ގޮތުގައި ސަސްޕެންޝަން ލިޔުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ސީއެފްއޯ އާއިޝަތު ފަޔާޒާއެވެ.

މި މައްސަލައިގައި މިހާތަނަށް އެފްއެސްއެމްގެ ރަސްމީ ބަހެއް ލިބިފައެއް ނުވެއެވެ.

Redstar
comment ކޮމެންޓް

comment ފަންސަންމީ

1 year 6 month ago

ބޭނުންނެތް ލިޔުންތައް ނައްތާލުމަކީ އާންމުކޮށް ކުރާކަމެއްކަމަށް އަނީސް ތިބުނަނީ. އެހެންވީމާ ކުރިން ވީޑިއޯ ނުކޮށްފައި މިފަހަރު ވީޑިއޯ ކުރުމުގެ ބޭނުމެއްކަމަށް ތިބުނަނީ އިންތިގާލީ މަރުހަލާވީމައޭ. ދެން ވީޑިއޯ ފޮނުވީ ރައްޓެއްސަކަށް ކަމަށް ވީމަ ޒިންމާދާރުކަން ވަރަށް ކުޑަކަން ފާހަގަވެއްޖެ. ގޯހެއް އުޅޭކަމަށް ހީވެގެން ވީޑިއޯ ކޮށް އެވޯޑިއޯ ފޮނުވަންޖެހޭ ރަސްމީ ފަރާތްތައް މިގައުމުގައި އެބަހުރި. ކީއްވެ އެފަދަ ފަރާތަކަށް ނުފޮނުވާ ރައްޓެއްސަކަށް ފޮނުވީ.؟ ދެން އެހެން ނޫނަސް ގޯހެއްކަން ޔަގީނެއްނުވޭ. ހުރިހާ އޮފީހަކުންވެސް ލިޔެކިޔުންތައް ނައްތާލާނެ އެއޮންނަ އުސޫލަކުން.

comment ހަލީމް

1 year 6 month ago

މަތީ މަގާމްތަކަށް އަންނަ ގިނަ އަންހެނުންނަކީ ދަށަށް ތިބޭ މުވައްޒަފުންނަށް ވަރަށް ބާރާ ބިރު ދައްކަން ބޭނުންވާ ފޮނި ބައެއް