ބޭނުންވަނީ ޔަހޫދީން މޮޅުވާން: އިނގިރޭސި ބޮޑުވަޒީރު

އިސްރާއީލްގެ ބޮޑުވަޒީރާއި އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބައްދަލުކުރައްވަނީ ފޮޓޯ/އެންޑީޓީވީ

ބޭނުންވަނީ ޔަހޫދީން މޮޅުވާން ކަމަށާއި، އެ ކަމަށް އަބަދު ވެސް ސަޕޯޓު ކުރާނެ ކަމަށް މެދުއިރުމައްޗަށް ކުރައްވާ ދެ ދުވަހުގެ ދަތުރުފުޅެއްގައި މިހާރު އިސްރާއީލްގައި ހުންނެވި އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ރިޝީ ސުނާކު މިއަދު ވިދާޅުވެއްޖެއެވެ.

އިސްރާއީލަށް ވަޑައިގަންނަވާ ސުނާކު މި މޭރުމުން ވާހަކަފުޅު ދައްކަވާފައިވާއިރު، އެމެރިކާގެ ރައީސް ޖޯ ބައިޑެން ވެސް އިއްޔެ ވަނީ އިސްރާއީލަށް ވަޑައިގެންފައެވެ. އިސްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ އެކު ބޭއްވި ބައްދަލުވުމުގައި ސުނާކު ވަނީ ދިފާއުވުމަށް ހަމާސްއިން ބަދަލުކުރަމުންދާ ހަމަލާތައް ވެސް ކުށްވެރިކުރައްވާފައެވެ. އަދި، ޣައްޒާގެ އާންމުންނަށް ރައްކާތެރިކަން ދޭ ކަމަށް ބުނެ ސުނާކު ވަނީ ނަތަންޔާހޫއަށް ތައުރީފު ކުރައްވާފައެވެ.

އެންޑޓީވީން ރިޕޯޓުކޮށްފައިވާ ގޮތުގައި ފަލަސްތީނުގެ ރައްޔިތުންނަށް އިންސާނީ އެހީ ފޯރުކޮށްދޭ ސަރަހައްދުތައް ހުޅުވާލި ކަމަށްޓަކައި އުފާކުރާ ކަމަށް ވެސް ސުނާކު ވިދާޅުވިއެވެ.

އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ރިޝީ ސުނާކު -- ފޮޓޯ/ އެންޑީޓީވީ

މިސްރާއި އެމެރިކާއާ ދެމެދު ހެދި އެއްބަސްވުމެއްގެ ދަށުން ޣައްޒާއަށް އިންސާނީ އެހީ ހިފައިގެން ޓްރަކްތައް ދާނެ ވަރަށް އަވަހަށް ދާނެ ކަމަށް އެންޑީޓީވީން ރިޕޯޓުކުރެއެވެ.

ސުނާކު މި ދަތުރުފުޅު ކުރައްވާއިރު، ހަނގުރާމައާ ގުޅިގެން ޔޫރަޕްގެ އެހެން ލީޑަރުން ވެސް އަންނަނީ މެދުއިރުމައްޗަށް ދަތުރުފުޅުތައް ކުރަމުންނެވެ.

އިސްރާއީލުން ފަލަސްތީނަށް ހަމަލާތައް ދޭތާ 12 ދުވަސް ވެފައިވާއިރު، ފަލަސްތީނުގެ ދެ މިލިއަނަށް ވުރެ ގިނަ އާންމު ރައްޔިތުން ދިރިއުޅެމުންދާ، ޣައްޒާގެ އެކި ހިސާބުތަކަށް އިސްރާއީލުން އަންނަނީ ހުއްޓުމެއް ނެތި ބޮމުގެ ހަމަލާތައް ދެމުންނެވެ.

comment ކޮމެންޓް