ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ރާއްޖޭގައި ކުޅިވަރު ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، މޯލްޑިވްސް ސާފިން އެސޯސިއޭޝަނާ އެކު ގައުމީ ޖޫނިއާ ސާފިން ޗެންޕިއަންޝިޕަށް ބީއެމްއެލް އިސްލާމިކުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
މި މުބާރާތަކީ 16 އެތްލީޓުންނާ އެކު ކުރިއަށް ގެންދެވޭ މުބާރާތެކެވެ.

ކުއްޖަކު ރާޅާ އަޅަނީ -- ފޮޓޯ/ ބީއެމްއެލް
މުބާރާތް ކުރިއަށް ދާނީ 18 އޮކްޓޫބަރުން ފެށިގެން 21 އޮކްޓޫބަރުގެ ނިޔަލަށް ރާޅުގަނޑު ސަރަހައްދުގައެވެ.
ބޭންކް އޮފް މޯލްޑިވްސް އަކީ އެކި ކުޅިވަރުތައް ކުރިއެރުވުމަށް މަސައްކަތް ކުރާ ޖަމާއަތެކެވެ. އަދި ރާއްޖެތެރޭގައާއި އެހެނިހެން ތަންތަނުގައި ބާއްވާ ހަރަކާތްތަކުގައި އެހީތެރިކަން ފޯރުކޮށްދެއެވެ.