ކުރިއަށް އޮތް ހަފުތާ ބަންދުގައި ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވެސް ވިއްސާރަ ކުރާނެ ކަމަށް މެޓު އޮފީހުން ލަފާކޮށްފިއެވެ.
އެ އޮފީހުން ބުނީ ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ ބައެއް އަތޮޅުތަކަށް ވިއްސާރަ ކުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި، އަންނަ ހުކުރު ދުވަހު ރާއްޖޭގެ ބައެއް އަތޮޅުތަކަށް ކެރީގެ އަސަރު ކުރާއިރު، ހޮނިހިރު ދުވަހު ދެކުނުގެ ހުރިހާ އަތޮޅަކަށް ވެސް ކެރީގެ އަސަރު ކުރާނެ ކަމަށް އެ އިދާރާއިން ބުނެއެވެ.
މިއަދުގެ މޫސުމަށް ބަލާއިރު ވެސް، އުތުރާއި މެދުރާއްޖެތެރޭގެ ބައެއް އަތޮޅުތަކަށް ގުގުރުމާ އެކު ވިއްސާރަ ކުރާނެ ކަމަށް މެޓު އޮފީހުން ބުނެއެވެ.
ދެކުނުގެ ބައެއް އަތޮޅުތަކަށް މިއަދު ވެސް ކެރީގެ އަސަރު ކުރާނެ ކަމަށް އެ އޮފީހުން ލަފާ ކޮށްފައިވާއިރު، އާންމުގޮތެއްގައި ދެކުނަށް މޫސުން ރަނގަޅުކަމަށް އެ އޮފީހުނަ ވަނީ ބުނެފައެވެ.
މިއަދާއި މާދަމާ ވެސް ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށް އެ އޮފީހުން ލަފާކޮށްފައިވާއިރު، ހއ އަތޮޅުން ހދ އަތޮޅަށް މިއަދުގެ 18:00 އާ ހަމައަށް ވަނީ ހުދު ސަމާލު ނެރެފައެވެ.
މިއަދާއި، ކުރިއަށް އޮތް ހަފުތާ ބަންދަކީ ސްކޫލުތަކުގެ މިޑް ޓާމު ޗުއްޓީ ނިންމުމަށް ފަހު މީހުން ރަށްރަށަށް ފުރަންފަށާ ދުވަސްކޮޅެވެ.