MTCC
Ooredoo

ތި ގޭގައި ގަރުދިޔައަށް މިރުސް އަޅާތަ؟

މިރުސް އަޅައިގެން ރޯމަހުގައި ހަދާފައިވާ ގަރުދިޔަ --- ފޮޓޯ : ޓޭސްޓް އެމްވީ

ދިވެހީންގެ ސުފުރާ މަތީން ތަފާތު އެކި ކަހަލަ އެއްޗެހި އަބަދު ވެސް ފެންނާނެއެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ކުއިޒީންތައް ކާ މޭޒު މަތީން ފެނުމަކީ އާ ކަމަކަށް ނުވާނެއެވެ. ނަމަވެސް ކޮންމެ ގެއެއްގެ ކާ މޭޒުމަތީން ވެސް މެދު ކެނޑުމެއް ނެތި ފެންނާނެ އެކައްޗެއް ވެއެވެ. އެއީ ގަރުދިޔަ އެވެ.

ADK GENERAl

ރޯ މަހުގައި ނުވަތަ ބައެއް ފަހަރު ވަޅޯ މަހުގައި ވެސް ތައްޔާރު ކުރާ ގަރުދިޔަ އަކީ ދިވެހީންނަށް ހަމަ އެއާ ނުލައި ނޫޅެވޭނެ އެއްޗެކެވެ. ދިވެއްސަކަށް ވެ ހުރެ ގަރުދިޔަ ކަމު ނުދާ ނަމަ އެއީ ވަރަށް ދެރަ ކަމެކެވެ. ދިވެހިންގެ ލޭ ނާރުގައި ހިމެނޭ ކަނޑު މަސް އެންމެ ފުރިހަމަ ގޮތުގައި އާންމުކޮށް ކާން ލިބޭނެ އެއް ގޮތަކީ ގަރުދިޔައެވެ.

މިއީ ކެއްކުމުގައި އެންމެ އެއްޗެހި މަދުން އަޅާ އެއް އުފެއްދުމެވެ. ނަމަވެސް ގަރުދިޔަ އަކީ ވެސް އެކި ގެތަކުގައި ތަފާތުކޮށް ތައްޔާރު ކުރާ އެއްޗެކެވެ.

View this post on Instagram

A post shared by Fawaz Ismail (@fawaztagram)

އާންމުކޮށް ބަލާ ނަމަ ގަރުދިޔައަށް ބޭނުންވާނީ ހަމައެކަނި މަސްގަނޑާއި ފެނާއި ލޮނެވެ. މިއީ އެންމެ އާންމުކޮށް ގަރުދިޔަ ކައްކާ ގޮތެވެ. މިއީ މީގެ ޒާތުގައި އެންމެ ގިނަ ބަޔަކަށް މީރުވެސް ގޮތެވެ. މިގޮތަށް ގަރުދިޔަ ތައްޔާރު ކުރުމުން ގަރުދިޔަ ބޭނުންކޮށްގެން ކާއިރު އެންމެ ގިނަ ގޮތްތަކަށް ކަސްޓަމައިޒް ކޮށްލުމަށް ފުރުސަތު ލިބޭތީ ކަމަށް ވެދާނެއެވެ.

ނަމަވެސް އަނެއްބައި ގޭގޭގައި ގަރުދިޔަ ތައްޔާރު ކުރާއިރު ތަފާތު އެކި އެއްޗެހި އެއަށް އަޅައެވެ. އޭގެތެރެއިން އެންމެ މަގުބޫލު އެކައްޗަކީ ހިކި މިރުހެވެ. ހިކި މިރުސް ހުރި ގޮތަށް ގަރުދިޔައަށް ލައިގެން ކައްކާއިރު މިހާރު ގަރުދިޔައިގައި ކުޑަ ކުޅި ރަހައެއް ހުންނާނެއެވެ. މިއީ ވެސް ގިނަ ބަޔަކަށް މަގުބޫލު ގޮތެކެވެ.

އަނެއް ބަޔަކު އިތުރު ފިޔަވަޅުތައް ވެސް އަޅާނެއެވެ. އޭގެތެރޭގައި ހިކި މިރުހުގެ އިތުރުން ފިޔާ އަދި ހިކަނދި ފަތް އެޅުން ހިމެނެއެވެ. މިއީ ވެސް ގަރުދިޔައިގެ ރަހަ އިތުރަށް ފުރިހަމަކޮށްދޭ އެއްޗެއްސެވެ.

ފާހަގަކޮށްފައިވާ ތަކެތީގެ އިތުރުން ވެސް ގިނަ ބާވަތްތަކުގެ ތަކެތި ގަރުދިޔަ އަށް އަޅައި އުޅެއެވެ. އެގޮތުން ތިގޭގައި ގަރުދިޔައަށް އަޅާ ތަފާތު އެއްޗެއް އޮވޭ ހެއްޔެވެ؟ އޮންނަ ނަމަ އެއީ ކޮން އެއްޗެއް ހެއްޔެވެ؟

Redstar
comment ކޮމެންޓް

comment ހިލްމީ

1 year 6 month ago

ދޮން ބިލިމަގު

comment ލަންދޫ އަޒީބެބުނީ

2 year 6 month ago

މިގޭގައި އިތުރަށް އަޅާ ކަށިވެލި މުށެއް ވަރަށް ރަހަ މީރުވާނެ މިހެން ގަރަދިޔަގަނޑު ހެދުމުން

comment ދޮންދީ

2 year 6 month ago

ވަރަށް މީރު ވާނެ ހިކަދިފަތް،ރާބާފަތް އިނގުރު، ލޮނުމެދު،ދިރި ،ހިކިމިރުސް ކުޑަ ފިޝް ސޯސް އާއި ވިނިގަރ ކޮޅެއް އަޅާގެން ޚާއްސަކޮށް ވަޅޯމަސް ގަރުދިޔަ އަދި ފްރިޖު ކޮށްފަ ހުންނަ ރޯމަހުގަ ( ބާޒާރުން ވަގުތުން ގެންނަށް ފްރެޝް މަހުގަ މީރުނުވާނެ) އަޅެ އަޖުމަ ބަލާލަބާ

comment ގާރލް 7

2 year 6 month ago

ފްރެޝް މަހުގަ ވިއްޔާ އިހުގެ ގޮތް އެންމެ މީރަ. ދެން ފިނިކޮށްފަ ފަހުން ނަގާ މަހުގަ އާ ވަޅުމަހުގަ ކައްކާ ގަރުދިޔައަށް މަ އަޅަނީ ފިޔާ، ލޮނުމެދު، ހިކަނދިފަތް، ހިކިމިރުހުގެ އިތުރުން ނުމުގުރާ ހުންނަ ދިރި. ވަރަށް މީރު އެގޮތަށް ކެއްކީމަ.

comment މަނާހު

2 year 6 month ago

ލޮނުމެދު، ރޯޯމާޓޯ، އަލުވި

comment ޣ

2 year 6 month ago

ބިލަމަގު