ކުޑަ ކުއްޖަކު ބަލިވެއިން މައްސަލާގައި ދިވެއްސަކު ހައްޔަރުކޮށްފި

ރާއްޖޭގެ ދެކުނުގެ ރަށެއްގައި ކުޑަ އަންހެން ކުއްޖަކު ބަލިވެއިން މައްސަލާގައި 26 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

މި މީހާ ހައްޔަރުކޮށްފައިވަނީ، މިދިޔަ ހޮނިހިރު ދުވަހު ކޯޓް އަމުރެއްގެ ދަށުން ކަމަށް ފުލުހުން ބުނެއެވެ.

އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން، 30 ދުވަހު ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

މި މައްސަލަ ފެންމަތިވީ ބަލިވެއިން 15 އަހަރުގެ ކުއްޖާގެ މަންމަ އެ ވާހަކަ ސޯޝަލް މީޑިއާގައި ހިއްސާ ކުރުމުންނެވެ.

ކުއްޖާ ބަނޑުބޮޑުވި ފަހުން އެހެން ކުށްތަކެއް އެ ކުއްޖާ ލައްވައި ކުރަން އުޅުނު ކަމަށް ވެސް މަންމަ ތުހުމަތު ކޮށްފައިވެއެވެ.

comment ކޮމެންޓް