ސައި ހޮޓަލެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ސައި ހޮޓަލެއްގައި މިއަދު ހިނގި އަލިފާނުގެ ހާދިސާ -- ފޮޓޯ/ އަހުމަދު މުޖުތަބާ

ސައި ހޮޓަލެއްގައި މިއަދު އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

ސިފައިންގެ ފަޔާ އެންޑް ރެސްކިއު ސާވިސްއާ ހަވާލާދީ އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ރެޑްވޭވް ޕްލާޒާ ކައިރީ ހުރި ސައި ހޮޓަލެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ފަޔާ އެންޑް ރެސްކިއު ސާވިސްއިން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

މިއަދު ސައި ހޮޓަލެއްގައި ހިނގި އަލިފާނުގެ ހާދިސާ -- ފޮޓޯ/ އަހުމަދު މުޖުތަބާ

މި ހާދިސާގެ ރިޕޯޓު ލިބިފައިވަނީ މިއަދު 11:40 އެހާކަންހާއިރު ކަމަށް އެމްއެންޑީއެފްގެ އޮފިޝަލް ވިދާޅުވިއެވެ.

މި އަލިފާންގަނޑު މިހާރު ވަނީ ކޮންޓްރޯލް ކުރެވިފައެވެ.

އެމްއެންޑީއެފުން ބުނީ މި ހާދިސާއާ ގުޅިގެން އެއްވެސް މީހަކަށް ގެއްލުމެއްވީ ކަމުގެ ރިޕޯޓެއް މިހާތަނަށް ލިބިފައިނުވާ ކަމަށެވެ.

comment ކޮމެންޓް