މެޑަމް ފަޒްނާ އާއި އިންތިޚާބީ ރައީސްގެ އަނބިކަބަލުން ބައްދަލުކުރައްވައިފި

މެޑަމް ފަޒްނާ އާއި މުއިއްޒުގެ އަނބިކަބަލުން ބައްދަލު ކުރައްވަނީ-- ފޮޓޯ/ ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙްގެ އަނބިކަނބަލުން ފަޒްނާ އަހުމަދުއާއި، އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު މިއަދު ބައްދަލުކުރައްވައިފިއެވެ.

މިއަދު ކުރިއަށް ގެންދިޔަ، މި ބައްދަލުކުރެއްވުމުގައި، ފަސްޓް ލޭޑީ ފަޒްނާ އަހުމަދު ވަނީ ނިމިދިޔަ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާފައިވާ ޑރ. މުހައްމަދު މުއިއްޒު ހޯދެއްވި ކާމިޔާބީއަށް މަރުހަބާ ދަންނަވާފައިއެވެ.

މީގެ އިތުރުން، ކުރިއަށް އޮތް ފަސް އަހަރުގައި ރާއްޖޭގެ ފަސްޓް ލޭޑީގެ ގޮތުގައި ހުންނަވާނެ، މުއިއްޒުގެ އަބިކަނބަލުން ސާޖިދާއަށް ވެސް އެ ކަމަނާ މަރުހަބާ ދެންނެވިއެވެ.

ދެ ކަބަލުންގެ މި ބައްދަލުވުން ކުރިއަށް ގޮސްފައިވަނީ، ރައީސުލްޖުމުހުރިއްޔާގެ ރަސްމީ ގެކޮޅުގައެވެ.

މި މަހުގެ އެއްވަނަ ދުވަހު ރައީސް ޞާލިޙާއި ޑރ. މުއިއްޒު ވެސް ވަނީ ބައްދަލުކުރައްވާފައެވެ.

މި ބައްދަލުވުމުގައި، ރިޔާސީ އިންތިހާބު ޑރ. މުއިއްޒު ކާމިޔާބު ކުރެއްވުމާއި ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވަނީ އެ މަނިކުފާނަށް މަރުހަބާ ވިދާޅުވެފައިވެ، ރިޔާސީ އިންތިޚާބުގައި ދިވެހި ރައްޔިތުން ނިންމި ނިންމުން ގަބޫލުކުރައްވައިފައެވެ.

އެގޮތުން މުޢިއްޒަށް 129159 ވޯޓު ލިބިފައިވާއިރު އެއީ 54.04% އިންސައްތައެވެ. އަދި ރައީސް ޞާލިހަށް 109868 ވޯޓު ލިބިފައި ވާއިރު އެއީ 45.96% އެވެ. މިގޮތުން، ދެވަނަ ބުރުގައި ޑރ. މުއިއްޒު ކުރިހޯއްދެވީ ރައީސް ޞާލިޙަށްވުރެ 19,291 ވޯޓު އިތުރަށް ހޯއްދަވައިގެންނެވެ.

ޑރ. މުއިއްޒު އަންނަ މަހުގެ 17 ވަނަ ދުވަހު ހުވާ ކުރައްވަން ހަމަޖެހިފައިވާއިރު، ޓްރާންސިޝަން މަސައްކަތްތައް މިހާރު ކުރިއަށްދެއެވެ.

comment ކޮމެންޓް