ޔުނައިޓެޑުގެ ވެރިންގެ ދިފާއުގައި އިބްރަހިމޮވިޗް ވާހަކަދައްކައިފި

ޒްލަޓަން އިބްރަހިމޮޗް، ޔުނައިޓެޑުގެ ޖާޒީގައި --

މެންޗެސްޓާ ޔުނައިޓެޑުގެ ވެރިން، ގްލޭޒޭ އާއިލާ ދިފާއުކޮށް މެންޗެސްޓާ ޔުނައިޓެޑުގެ ކުރީގެ ފޯވަޑް ޒްލަޓަން އިބްރަހިމޮވިޗް ވާހަކަދައްކައިފިއެވެ.

އުމުރުން 42 އަހަރުގެ އިބްރަހިމޮވިޗް ވަނީ ޔުނައިޓެޑަށް ގްލޭޒާ އާއިލާ އިން ބޮޑު ހަރަދެއް ކުރާ އިރުވެސް، ސަޕޯޓަރުންގެ ފާޑުކިޔުންތައް އަމާޒުވާތީ އެކަމާ ސުވާލު އުފައްދައިފައެވެ. މި ސީޒަނުގައި 150 މިލިއަން ޕައުންޑަށްވުރެ ބޮޑު ހަރަދެއްކޮށް، ޔުނައިޓެޑުން ވަނީ އަންދްރޭ އޮނާނާ، ރަސްމުސް ހޮއިލަންޑް އަދި މޭސަން މައުންޓް ގެނެސްފައެވެ.

"އަހަރެންނަކަށް ނޭނގޭ ޔުނައިޓެޑުގެ ވެރިން ކްލަބު ވިއްކާލާނެ ކަމެއް އަދި ނުވިއްކާނެ ކަމެއް ވެސް. ނަމަވެސް ވިސްނުމުގައި ބަހައްޓަން ޖެހޭ ކަމަކީ ވެރިން އެ ދަނީ ހަރަދުކުރަމުން،" 'ޕިއާސް މޯގަން އަންސެންސާޑް'އަށް ދިން އިންޓަވިއުއެއްގައި އިބްރަހިމޮވިޗް ބުންޏެވެ.

އިބްރަހިމޮވިޗް ބުނީ ވަރުގަދަ ކުޅުންތެރިން ގެނައުމަށް ބޮޑެތި ހަރަދުތަކެއް ކުރަމުންދާ ކަމަށާއި އެހެންކަމުން ކްލަބުގެ ވެރިންނަށް އަމާޒުކޮށް ފާޑުކިޔުމުގެ ފުރުސަތު ނޯންނާނެ ކަމަށެވެ. އަދި ސަޕޯޓަރުންގެ ފާޑުކިޔާ އަސްލު މައްސަލަ ސާފުނުވާ ކަމަށް ވެސް އޭނާ ބުންޏެވެ.

މި އަހަރުގެ ތެރޭގައި ޔުނައިޓެޑު ގަތުމަށް ވަނީ ބިޑުތަކެއް ހުށަހަޅައިފައެވެ. އެގޮތުން ގަތަރުގެ ކުރީގެ ބޮޑުވަޒީރު، ޝެއިހް ޖަސީމް ބިން ހަމަދާއި އިނގިރޭސި ބިލިއަނަރު ޖިމް ރެޓްކްލިފް އަދި ފިންލެންޑް ވިޔަފާވެރިޔާ ތޯމަސް ޒިލަކަސް ވަނީ ޔުނައިޓެޑު ގަތުމަށް ބިޑުކޮށްފައެވެ.

comment ކޮމެންޓް