އޭލެވެލް އިމްތިހާނު ފަށައިފި

މިއަދު ގައުމީ ޔުނިވާސިޓީގެ އޮޑިޓޯރިއަމްގައި މައުލޫމާތު ދިނުމުގެ ސެޝަންގައި ދަރިވަރުންތަކެއް --- ސަން ފޮޓޯ/ އަހުމަދު ޝަރުވާން

އޭލެވެލް ދަރިވަރުންގެ އެޗްއެސްސީ އިމްތިހާނު މިއަދު ފަށައިފިއެވެ.

މި އަހަރުގެ އެޗްއެސްސީ އިމްތިހާނުގައި ރާއްޖޭގެ 45 ސެންޓަރަކުން 1,363 ދަރިވަރުން ބައިވެރިވެއެވެ.

މިއަދު ފެށުނު އެޗްއެސްސީ އިމްތިހާނުގެ ފުރަތަމަ ޓެސްޓެއްގެ ގޮތުގައި ދަރިވަރުން ހެދީ އިސްލާމު ކަރުދާސް އެކެކެވެ. މި ޓެސްޓް އޮތީ މިއަދުގެ 9:00 އިން ފެށިގެން 10:30 އާ ހަމައަށެވެ.

މިއަދު ފެށި އެޗްއެސްސީ އިމްތިހާނު މި މަހު އަށެއްގެ ނިޔަލަށް ކުރިއަށް ދާނެއެވެ.

މިއަދު ހެނދުނު އެޗްއެސްސީ އިމްތިހާނު ފެށިގެން ގޮސްފައިވާއިރު، މި އަހަރުގެ އެޑެކްސެލް އިމްތިހާނު އޮންނާނީ މި މަހުގެ 9 ވަނަ ދުވަހުން ފެށިގެން މި މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށެވެ.

މި އިމްތިހާނުގައި ރާއްޖޭގެ 3268 ދަރިވަރަކު ބައިވެރިވާނެއެވެ.

ވޭތުވެ ދިޔަ އަހަރުގައި ވެސް އޭލެވެލް އިމްތިހާނުގައި އެކި ސެންޓަރުތަކުން ބައިވެރިވީ ގިނަ އަދަދެއްގެ ދަރިވަރުން ވަނީ ގައުމީ ގަދަ ދިހައެއްގައި ހިމެނިފައެވެ. އަދި، ބައެއް މާއްދާތަކުން ދުނިޔޭގެ ވަނަތައް ވެސް ގިން ދަރިވަރުންތަކެއް ވަނީ ހޯދައިފައެވެ.

comment ކޮމެންޓް