މާދަން ވެސް ސަރުކާރު ބަންދު

މާޗް 25، 2021: ވެލާނާގެ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާދަމާއަކީ ވެސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ހަމަޖައްސަވައިފިއެވެ.

ރައީސް އޮފީހުން ބުނީ ރިޔާސީ އިންތިޚާބުގެ މަސައްކަތްތަކުގައި ސަރުކާރުގެ ގިނަ އަދަދެއްގެ މުވައްޒަފުންނާއި އާންމުން ކުރަންޖެހުނު މަސައްކަތްތައް އަދި ނުނިމޭތީ އިލެކްޝަންސް ކޮމިޝަނުގެ އެދިވަޑައިގަތުމުގެ މަތީން މާދަމާ ވެސް ސަރުކާރު ބަންދު ދުވަހެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފި ކަމަށެވެ.

މިދިޔަ މަހުގެ ނުވަ ވަނަ ދުވަހު ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރު ބޭއްވުމަށް ފަހު ވެސް ޖެހިގެން އައި ދެ ދުވަހު ސަރުކާރު ވަނީ ބަންދު ކޮށްފައެވެ.

comment ކޮމެންޓް