ވޯޓު ކަރުދާހުގައި ކުރެހި މައްސަލައެއް ފެންމަތިވެ، ފޮނަދޫގެ ވޯޓު ލުން މެދުކަނޑައިލައިފި

ފޮނުދީގެ ވޯޓުލާ މަރުކަޒުގައި ހަމަނުޖެހުން ހިނގަނީ --

ލ. ފޮނުދޫ ވޯޓުލާ މަރުކަޒުގައި މަސައްކަތް ކުރާ އޮފިޝަލަކު ވޯޓު ކަރުދާހުގައި ކުރަހާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފެންމަތިވެގެން، ވޯޓުލުން މެދުކަނޑައިލައިފިއެވެ.

މިކަމާ ގުޅިގެން އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ސެކެޓްރީ ޖެނެރަލް ހަސަން ޒަކަރިއްޔާ ވިދާޅުވީ ވޯޓު ލުން މެދުކެނޑުނީ ވޯޓު ކަރުދާހުގައި ދެލި ހުރި ކަމުގެ ޝަކުވާއެއް ލިބިގެން ކަމަށެވެ.

އޭނާ ވިދާޅުވީ، އެ މައްސަލަ ހައްލުކުރުމަށް ފަހު، ވޯޓު ލުން ވަރަށް އަވަހަށް ފެށޭނެ ކަމަށެވެ.

މިކަމާ ގުޅިގެން ފުލުހުން ވެސް ބުނެފައި ވަނީ، ފޮނުދޫ ވޯޓުލާ މަރުކަޒުގެ އޮފިޝަލަކު ވޯޓު ކަރުދާހުގައި ކުރެހި މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައި ވާކަމަށެވެ. އަދި މިކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން ދާކަމަށް ފުލުހުން ބުންޏެވެ.

ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯތަކުން ފެންނަ ގޮތުގައި މިކަމާ ގުޅިގެން އެ ސަރަހައްދުގައި ވަނީ ހިތްހަމަ ނުޖެހުން ފާޅުކޮށް އަޑުގަދަ ކޮށްފައެވެ.

comment ކޮމެންޓް