ރިޔާސީ އިންތިޚާބާ ގުޅިގެން ފުލުހުންގެ އެލާޓް ލެވެލް އެންމެ މަތީ ދަރަޖައަށް ގެނެސްފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން މިއަދު ބުނެފިއެވެ.
ފުލުހުން ބުނީ މި އިންތިޙާބާ ގުޅިގެން އެލާޓް ލެވެލް އެންމެ މައްޗަށް ގެނެވިފައިވަނީ އިއްޔެގައި ކަމަށެވެ. އަަދި, ދެވަނަ ބުރުގެ ވޯޓުުން ނިމި ނަތީޖާ އިއުލާނު ކުރުމާ ހަމައަށް އެލާޓްލެވެލް އޮންނާނީ އެންމެ މަތީގައި ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.
މީގެ އިތުރުން, ފުލުހުން ވަނީ ރިޔާސީ އިންތިޚާބާ ގުޅިގެން ބާއްވާ އިވެންޓުތަކުގައި ވެސް ސަލާމަތާ ރައްކާތެރިކަން ކަށަވަރުކުރުމައްޓަކައި ބައެއް ކަންކަމަށް އިލްތިމާސް ކޮށްފައެވެ. އެގޮތުން މަގުމަތި ބަލަހައްޓަން ތިބޭ ފުލުހުންގެ އިރުޝާދަށް ތަބާ ވުމަށާއި، ޓްރެފިކަށް އަހުލުވެރިވުމަށާއި، މަގުމަތީގެ ޓްރެފިކް ތޮއްޖެހުން ކުޑަ ކުރުމަށްޓަކައި ޕަބްލިކް ޓްރާންސްޕޯޓު ބޭނުން ކުރުމަށް ވެސް ފުލުހުން އިލްތިމާސް ކުރެއެވެ.
އަދި، ކުޑަކުދިންނާއި، ހިނގާބިނގާވެ އުޅޭ މީހުންނަށް ސަމާލުވެ ސިއްހީ ގައިޑްލައިންތަކަށް އަމަލު ކުރުމަށް ވެސް ފުލުހުން ވަނީ ގޮވާލަިއފައެވެ. އަދި، އާދަޔާ ޚިލާފުނުވަތަ ޝައްކު ކުރެވޭ ފަދަ ކަމެއް ފާހަގަވެއްޖެނަމަ ވީހާ ވެސް އަވަހަކަށް ފުލުހުންނަށް އެކަމެއް ރިޕޯޓު ކުރުމަށް ވެސް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ.
މި އަހަރުގެ ރިޔާސީ އިންތިކާބާ ގުޅިގެން ފުލުހުން ވަނީ އޮޕަރޭޝަން ބްލޫވޭވް ކިޔާ ވަކި ޚާއްސަ ޓީމެއް އުފައްދާފައެވެ. އޮޕަރޭޝަން ބްލޫވޭވުން، އިންތިޚާބުގެ ދެވަނަ ބުރުގެ ސަލާމަތީ ކަންކަން ބެލެހެެއްޓުމުގެ ގޮތުން ރާއްޖޭގެ އެކި ސަރަހައްދުތަކަށް ފުރުމަށް ހަމަޖެހިފައިވާ ފުލުހުން މިހާރު ވަނީ އެ ރަށްރަށަށް ގޮސްފައެވެ.