މިއަހަރުގެ ދިރާގު މޯލްޑިވްސް ރޯޑް ރޭސް (ޑީއެމްއާރު)ގެ އޮފިޝަލް ކޯޗިން އަދި ވެލްނެސް ޕާޓްނަރުން އިއުލާނު ކޮށްފިއެވެ.
ދިރާގުން ބުނީ އޮފިޝަލް ކޯޗިން އަދި ވެލްނެސް ޕާޓްނަރުންނާއެކު، ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އަހަރީ ދުވުމަށް ހާއްސަ ކޯޗިން ހެދުމުގެ ފުރުސަތު، އެ ދުވުމުގެ ބައިވެރިންނަށް ލިބޭނެ ކަމަށެވެ.
އެ ގޮތުން މި އަހަރުގެ ކޯޗިން އަދި ވެލްނެސް ޕާޓުނަރުންގެ ތެރޭގައި ހިމެނެނީ:
• ސާއިދު ސްޕޯޓްސް (ކޯޗިން ޕާޓްނަރު): ފުރަތަމަ ފަހަރަށް ޑީއެމްއާރުގައި ބައިވެރިވާ ފަރާތްތަކަށް ދިރާގު ބްރޭންޑް އެމްބެސެޑަރު އަދި ރާއްޖޭގައި ހުރި އެންމެ ހަލުވި ދުވުންތެރިޔާކަމަށްވާ ހަސަން ސާއިދުގެ ފަރާތުން ހިލޭ ތަމްރީނު ލިބޭނެ.
• އެލީޓް ރަނާސް (ކޯޗިން ޕާޓްނަރު): ޑީއެމްއާރުގެ ބައިވެރިންނަށް މި ކްލަބް މެދުވެރިކޮށް ޕާސަނަލައިޒްޑް ޓްރެއިނިން ޕްރޮގްރާމަކާއެކު ތަމްރީންވެވޭނެ.
• ކްލަބް ކޭވައި ސްޕޯޓްސް (ކޯޗިން ޕާޓްނަރު): ކޯޗުން ޔަޒޫ އާއި ކްސާބާއާއެކު ޑީއެމްއާރުގެ ޒުވާން ދުވުންތެރިންނަށް ތަމްރީންވެވޭނެ.
• ދަ ވެލްނެސް ކްލަބް (ވެލްނެސް ޕާޓްނަރު): މަޝްހޫރު ރަނިން ކޯޗު މަރިޔަމް އަބްދުލް ކަރީމްގެ ފަރާތުން ފިޒިކަލް ފިޓްނަސް އަދި ވެލްނެސްއާ ގުޅޭ ގައިޑެޑް ސެޝަންތައް ބައިވެރިންނަށް ލިބޭނެ.
މި ތަމްރީނަކީ 2018ވަނަ އަހަރުން ފެށިގެން ދިރާގުން ދެމުން އަންނަ ތަމްރީނުތަކެއް ކަމަށް އެ ކުންފުނިން ބުނެއެވެ.
ދިރާގުން ބުނީ އަންނަ މަހުގެ 27 ވަނަ ދުވަހު 4000 ދުވުންތެރިންނާއެކު ދިރާގު މޯލްޑިވްސް ރޯޑް ރޭސް ކުރިއަށް ދާނެ ކަމަށެވެ. މި ދުވުމަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގެ މީހުންނާއި މުޖުތަމައުތައް އެއްތަނަކަށް ޖަމާކޮށް ރާއްޖޭގައި ބާއްވާ ފުރަތަމަ އަދި ހަމައެކަނި ބައިނަލްއަގުވާމީ ދުވުމެވެ.