ދިރާގު ފިންޓެކްއިން ދިރާގުޕޭ ކަސްޓަމަރުންނަށް, އެންމެ ރުފިޔާއަކަށް ވޮފްލް ލިބޭ ޕްރޮމޯޝަނެއް އިއުލާނުކޮށްފިއެވެ.
ދިރާގުން ބުނީ މި ޚާއްސަ ޕްރޮމޯޝަން ކުރިއަށްދާނީ މެލްޓްޒްގެ ތިން ކެފޭ ކަމަށްވާ މެލްޓްޒް ކެފޭ، މެލްޓްޒް ކެރެމަލް، އަދި މެލްޓްޒް ކްރަމްބަލްގައި ކަމަށެވެ.
އެ ޕްރޮމޯޝަން ކުރިއަށް ދާނީ، ހޮނިހިރު ދުވަހުގެ ހެނދުނު 10:00އިން ފެށިގެން ފުރަތަމަ ފަސް ސަތޭކަ ކަސްޓަމަރުން ހަމަވަންދެން ކަމަށް ދިރާގުން ބުންޏެވެ. ދިރާގުޕޭ އެޕް ޑައުންލޯޑްކޮށް ރަޖިސްޓަރީކޮށްގެން ދިރާގުޕޭ ކަސްޓަމަރުންނަށް މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެ ކަމަށް ދިރާގުން ބުންޏެވެ.
ދިރާގުން ވަނީ ދިރާގުޕޭ މާޗަންޓުންނާ ގުޅިގެން ދާދި ފަހުން ވެސް އެއް ރުފިޔާއަށް ކޮފީ އަދި ޝަވަރުމާ ލިބޭ ޕްރޮމޯޝަންތަކެއް ކުރިއަށް ގެންގޮސްފައެވެ. މި ޕްރޮމޯޝަންތަކަށް އާންމުންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބި، ވަރަށް ގިނަ އަދަދެއްގެ މީހުން ވަނީ ބައިވެރިވެފައެވެ.
މިއީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ދިރާގުޕޭގެ މާޗަންޓުންނާ ގުޅިގެން ކަސްޓަމަރުންނާ ހަމައަށް ތަފާތު ފުރުސަތުތައް ގެނެސްދިނުމަށް ދިރާގުޕޭއިން ދޭ އިސްކަން ދައްކުވައިދޭ ކަމެއް ކަމަށް އެ ކުންފުނިން ބުންޏެވެ.
ދިރާގުގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ ދިރާގު ފިންޓެކްގެ މި ޚާއްސަ ޕްރޮމޯޝަނަކީ ދިރާގުޕޭގެ ކަސްޓަމަރުންގެ އަގުވަޒަންކުރުމުގެ އިތުރުން ރާއްޖޭގައި ފައިސާގެ މުއާމަލާތްތައް ކުރުމަށް ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރުމަށް ޝައުގުވެރިކަން އިތުރުކުރުމުގެ މަގުސަދުގައި ކުރިއަށްގެންދާ ޕްރޮމޯޝަނެކެވެ. އެ ކުންފުނީގެ އަމާޒަކީ ކަސްޓަމަރުންނަށް އިތުރު ލުއި ފަސޭހަތައް ލިބޭ ފިންޓެކް ހައްލުތައް ފޯރުކޮށްދިނުމެވެ.