ތިލަފުށީ ފަޅުތެރޭގައި އޮތް ތެޔޮ އުފުލާ ދޯންޏެއްގައި އަލިފާން ރޯވެއްޖެ

ތިލަފުށީ ފަޅުތެރޭގައި އޮތް ދޯންޏެއްގައި އަލިފާން ރޯވެފައި--

ތިލަފުށީ ފަޅުތެރޭގައި އޮތް ތެޔޮ އުފުލާ ދޯންޏެއްގައި އަލިފާން ރޯވެފައިވާކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފުން ބުނީ އެ ދޯނީގައި ރޯވިކަމުގެ ރިޕޯޓު ލިބުމާއެކު، އެފްއާރްއެސްގެ ޓީމުން އެ ސަރަހައްދުގައި ހަރަކާތްތެރިވެ، އަލިފާން ނިއްވުމުގެ މަސައްކަތް ފެށި ކަމަށެވެ.

ފަޅުތެރޭގައި އޮއްވާ އަލިފާން ރޯވެފައިވާ މި ދޯނި މިހާރު ފަޅުން ނެރެފައިވާ ކަމަށްވެސް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.

ހާދިސާ ހިނގި ވަގުތު ދޯނީގައި ތިބީ ކިތައް މީހުން ކަމެއް އަދި ސާފެއް ނުވެއެވެ. ނަމަވެސް ދޯނީގައި ތިބި މީހުންނަށް އަނިޔާއެއް ލިބިފައިވާ ކަމުގެ ރިޕޯޓެއް ލިބިފައި ނުވާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

މިއަދު ތިލަފުށީ ފަޅުތެރޭގައި އޮތް ތެޔޮ އުފުލާ ދޯންޏެއްގައި ރޯވެފައިވާއިރު، ދެ ހަފުތާއެއްހާ ދުވަސް ކުރިން ވެސް މާލޭގައި ވަނީ އެކި ވަރުގެ އަލިފާނުގެ ހާދިސާތައް ހިނގައިފައެވެ.

comment ކޮމެންޓް