މާލެ އަތޮޅު، ފިޔަވާ ހުރިހާ އަތޮޅަކަށް ވޯޓަށް ބޭނުންވާ ހުރިހާ ސާމާނެއް ފޮނުވައިފި

އަތޮޅުތަކުގެ މަރުކަޒުތަކަށް ވޯޓާ ގުޅޭ ސާމާނު ފޮނުވުން--

މާލެ އަތޮޅު ފިޔަވާ ހުރިހާ އަތޮޅެއްގެ ވޯޓުލާ މަރުކަޒު ތަކަށް ފޮނުވަން ޖެހޭ ވޯޓާ ގުޅޭ ސާމާނު މިއަދު ފޮނުވައިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވެއްޖެއެވެ.

ހަބީބު މިއަދު ކުރެއްވި ޓްވީޓުގައި ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓުލާ މަރުކަޒުތަކަށް ފޮނުވަންޖެހޭ ވޯޓު ކަރުދާސްތަކާއި، އެހެނިހެން ސާމާނު މިއަދު ފޮނުވާފައިވާ ކަމަށެވެ.

މާލެ އަތޮޅަށް ފޮނުވަން ޖެހޭ ވޯޓު ކަރުދާސްތަކާއި، އެހެނިހެން ތަކެތި ފޮނުވާނީ މާދަމާ ކަމަށް ވެސް އެ ޓްވީޓުގައި ވެއެވެ.

ހަބީބު ވިދާޅުވީ ވޯޓު ކަރުދާހާއި، ވޯޓުލާ މަރުކަޒުތަކަށް ފޮނުވަންޖެހޭ ތަކެތި އަތޮޅުތެރޭގެ މަރުކަޒު ތަކަށް ފޮނުވަނީ ދިވެހި ފުލުހުންގެ ބެލުމުގެ ދަށުން، އެންމެ މަތީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމާއެކު ކަމަށެވެ.

އިތުރަށް އޭނާ ވިދާޅުވީ މިއަދު އަތޮޅުތަކަށް ފޮނުވި ތަކެތި މާދަމާ ރަށް ތަކަށް ބަހާލެވޭނެ ކަމަށެވެ.

އަންނަ ހޮނިހިރު ދުވަހު އިންތިޚާބުގެ ދެވަނަ ބުރު ބާއްވާއިރު މުޅި ރާއްޖޭގައި ވެސް ވަރަށް ފޯރިއާއެކު ދަނީ ކެމްޕެއިން ކުރަމުންނެވެ.

comment ކޮމެންޓް