އިންތިޚާބުގައި މަސަައްކަތް ކުރި އޮފިޝަލުންގެ އެލަވަންސް މި ހަފުތާގައި ދެނީ

ރިޔާސީ އިންތިޚާބު 2023ގެ ވޯޓުލުން ކުރިއަށް ދަނީ --- ސަންފޮޓޯ/ އަހްމަދު އާޒިފް

ރިޔާސީ އިންތިހާބު 2023ގެ ފުރަތަމަ ބުރުގައި މަސައްކަތް ކުރި އޮފިޝަލުންގެ އެލަވަންސް މި ހަފުތާ ތެރޭ ޖަމާ ކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ނައިބުރައީސް އިސްމާއިލް ހަބީބް ވިދާޅުވެއްޖެއެވެ.

ހަބީބް މިއަދު ކުރެއްވި ޓްވީޓެއްގައި ވާގޮތުން، މާލޭ މަރުކަޒުތަކުގައި މަސައްކަތް ކުރެއްވި އޮފިޝަލުންނާއި، ރިޒާވް އޮފިޝަލުންގެ އިތުރުން ޓްރޭނަރުންނާއި، ކޯޑިނޭޓަރުންގެ އިތުރުން ލިއޭޒަން އޮފިސަރުންނަށް ވެސް މި ހަފުތާގެ ތެރޭގައި އެލަވަންސް ޖަމާވާނެއެވެ.

މީގެ އިތުރަށް ހަބީބް ވިދާޅުވީ އަތޮޅު ތެރޭގައި މަސައްކަތްކުރި މީހުންގެ އެލަވަންސް ދިނުމަށް ކުރާ މަސައްކަތްތައްވެސް ވަރަށް ބާރަށް ކުރިއަށް ދާ ކަމަށެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް އިތުރު ކުރި ވޯޓު ފޮށިތަކާއެކު 350 އިތުރު އޮފިޝަލުންވެސް އިތުރު ކުރެވިފައިވާ ކަމަށް ހަބީބް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިފަހަރު 12 ފޮށި އިތުރުކޮށްފައިވާ ކަމަށާއި އެހެންކަމުން ޖުމްލަ ފޮށީގެ އަދަދު 574އިން 586އަށް އިތުރުވާނެ ކަމަށެވެ.

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ އަދަދު 282،395އަށް އަރާއިރު، އޭގެ ފަހުން 18 އަހަރު ފުރުނު 408 މީހުން އިތުރު ކުރުމުން މިހާރު އެ އަދަދު ވަނީ 282،803 އަށް އަރާފައެވެ.

comment ކޮމެންޓް