މިދިޔަ މަހާ އަޅާބަލާއިރު މިމަހު ޑެންގީ ކޭސްތައް ވަރަށް ބޮޑަށް ދަށަށް

ކުރިއަށްގެންދިޔަ "ޑެންގީ އިޖާބަ" ހަރަކާތެއްގެ ތެރެއިން: މިއަހަރު އެންމެ ގިނައިން ޑެންގީ ޖެހިގެން ރިޕޯޓްކޮށްފައި ވަނީ ހުޅުމާލެއިން -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

މިދިޔަ މަހާ އަޅާބަލާއިރު މިމަހު ޑެންގީ ކޭސްތައް ރިޕޯޓުކުރި މިންވަރު ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށް ހެލްތު މިނިސްޓްރީގެ ތަފާސްހިސާބުން ދައްކައިފިއެވެ.

ހެލްތު މިނިސްޓްރީން "ސަން"އަށް ބުނީ މިމަހު މިހާތަނަށް ޑެންގީ ޖެހިގެން ރިޕޯޓުކޮށްފައި ވަނީ 155 މީހުން ކަމަށެވެ. އެއާ އަޅާބަލާއިރު މިދިޔަ މަހު ޑެންގީ ޖެހިގެން ރިޕޯޓު 327 މީހުން ރިޕޯޓުކޮށްފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ހެލްތު މިނިސްޓްރީން ހިއްސާކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރު އެންމެ ގިނައިން ޑެންގީ ޖެހިގެން ރިޕޯޓުކޮށްފައި ވަނީ ހުޅުމާލެއިންނެވެ.

ހުޅުމާލެއިން 371 މީހުން ޑެންގީ ޖެހިގެން ރިޕޯޓު ކޮށްފައި ވާއިރު އައްޑޫ ސިޓީން 369 މީހުންނަށް ބަލި ޖެހިގެން ރިޕޯޓު ކޮށްފައިވެއެވެ. އަދި ރ. އަތޮޅުން 270 މީހުން ޑެންގީ ޖެހިގެން ރިޕޯޓު ކޮށްފައި ވާއިރު ލ. އަތޮޅުން ޑެންގީ ޖެހިގެން ރިޕޯޓު ކޮށްފައި ވަނީ 297 މީހުންނެވެ.

ހެލްތު މިނިސްޓްރީން ބުނީ، މިއީ މިއަހަރުގެ މިހާތަނަށް އެންމެ ގިނައިން ޑެންގީ ޖެހިގެން ރިޕޯޓު ކުރާ ސަރަހައްދުތައް ކަމަށެވެ.

https://sun.mv/182339

މިދިޔަ ހޮނިހިރު ދުވަހު ޑެންގީ ޖެހިގެން ހއ. ކެލާއަށް ނިސްބަތްވާ ދެ މީހުން ވަނީ ނިޔާވެފައެވެ. އެ ދެމީހުންނަކީ ވެސް މާލޭގައި ދިރިއުޅޭ ދެމީހުންނެވެ.

ޑެންގީއަކީ އީޑީސް އެޖިޕްޓިއާ ކިޔާ މަދިރީގެ ސަބަބުން ޖެހޭ ބައްޔެކެވެ.

ޑެންގީ ހުން ޖެހުމުން ބައެއް ފަހަރު އެއްވެސް އަލާމާތެއް ނުފެނި ހިނގައިދާނެއެވެ. ނަމަވެސް އާންމު ގޮތެއްގައި ޑެންގީ ހުުމުގެ އަލާމާތްތަކަކީ ދެނެގަނަން ފަސޭހަ އަލާމާތްތަކެކެވެ. އާންމު ގޮތެއްގައި ގައިގައި މަދިރި ހަފާތާ ހަތަރު ދުވަހާއި ދިހަ ދުވަހާ ދެމެދުގެ މުއްދަތެއްގެ ތެރޭގައި ބަލީގެ އަލާމާތްތައް ފެންނަން ފަށައެވެ.

އޭގެ ތެރޭގައި ގަދައަށް ހުން އައުން، ބޮލުގައި ރިއްސުން، ގައިގައާއި ހުޅުތަކުގައި ރިއްސުން، ހޮޑުލުން، ލޮލަށް ތަދުވުން، ގައިގެ މަސްގަނޑު ދުޅަވުން ފަދަ އަލާމާތްތައް ހިމެނެއެވެ.

މި ބަލި އިތުރަށް ގޯސްވަނީ ހުން ގަދަވެ، ލޭހޮޅިތައް ހަލާކުވެ، ޕްލޭޓްލެޓް މަދުވުމުންނެވެ. މި ކަމުގެ ނަތީޖާއެއްގެ ގޮތުން ޝޮކް ޖެހި، އެތެރެހައްޓަށް ލޭ އެޅި، ހަށިގަނޑުގެ ގުނަވަންތައް ފެއިލްވެ، ފުރާނައަށް ނުރައްކާވާން މެދުވެރިވެދާނެއެވެ.

comment ކޮމެންޓް