20 އަހަރު މާލޭގައި އުޅެފައި ތިބި މީހުންނަށް ގޯތި ދިނުމުގެ ޕޮލިސީ އެކުލަވާލާއިރު ޚިޔާލު ހޯދާނެ: މާރިޔާ

މިއަދު މާލޭގައި އޮތް ދޮރުން ދޮރަށް ކެމްޕެއިން ގައި މާރިޔާ މީޑިއާއާ ވާހަކަ ދައްކަވަނީ --

ވިހި އަހަރު މާލޭގައި އުޅެފައި ތިބި މީހުންނަށް ގޯތި ދިނުމުގެ ސިޔާސަތު އެކުލަވާލާއިރު ސަރުކާރުން ރައްޔިތުންގެ ޚިޔާލު ހޯދާނެކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ކެމްޕޭން ތަރުޖަމާނު މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.

މާރިޔާ މިހެން ވިދާޅުވީ މިއަދު މާލޭގައި އޮތް ދޮރުން ދޮރަށް ކެމްޕެއިން ހަރަކާތް ފެށުމުގެ ގޮތުން މީޑިއާއާ ވާހަކަ ދައްކަވަމުންނެވެ.

"ޕޮލިސީ ފްރޭމް ކުރުމުގަ ރައްޔިތުންގެ އަޑު އަހާނެ. އެއީ އެމްޑީޕީން ކަންތައް ކުރާ ގޮތަކީ އަބަދު ވެސް،" މާރިޔާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ހައުސިން މިނިސްޓްރީން މިހާރު އެ ޕޮލިސީ އެކުލަވާލުމުގެ މަސައްކަތް ފަށާފައި ވާކަމަށެވެ.

މާލޭގައި 20 އަހަރު އުޅެފައިވާ އެންމެންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ރައީސް ވައުދުވެ ވަޑައިގަތީ، މިދިޔަ އަންގާރަ ދުވަހުގެ ރޭ ގަލޮޅު ކަންމަތީގައި އޮތް ކެންޕޭނު ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

އެމަނިކުފާނު ވިދާޅުވީ އެފަދަ މީހުންނަށް ޚާއްޞަކޮށްގެން އާ ހައުސިން ސްކީމެއް ތައާރަފުކުރައްވަން ނިންމަވާފައިވާ ކަމަށެވެ.

https://sun.mv/182202

ރައީސް ވިދާޅުވީ އާ ހައުސިން ސްކީމުގެ ސިޔާސަތުތައް ވަނީ ކަނޑައަޅާފައި ކަމަށެވެ. ދެން އޮތީ އެ ސްކީމް އިއުލާނު ކުރުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި ސަރުކާރުން ވަނީ ގުޅީފަޅާއި، ގިރާވަރުފަޅު އަދި ހުޅުމާލެ ހިއްކަައިގެން 5،000 ގޯތި ދޫކުރަން ފަށާފައެވެ. އެ ސްކީމް ހާއްސަކޮށްފައި އޮތީ މާލޭ ރަށްވެހިންނަށެވެ.

comment ކޮމެންޓް