މާލޭގައި 20 އަހަރު އުޅެފައި ތިބި އެންމެނަށް ބޯހިޔާވިކަންދޭން ރައީސް ވައުދުވެއްޖެ

ރައީސް ޞާލިޙް ގަލޮލު ކަންމަތީގައި ސަޕޯޓަރުންނާ ސަލާން ކުރައްވަނީ --- ފޮޓޯ/ އެމްޑީޕީ

މާލޭގައި 20 އަހަރު އުޅެފައިވާ އެންމެނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް ވައުދުވެވަޑައިގެންފިއެވެ.

މިރޭ ގަލޮޅު ކަންމަތީގައި އޮތް ކެންޕޭނު ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ މާލޭގެ ރައްޔިތުން ފިޔަވާ، މާލޭގައި ދިރިއުޅޭތާ އެތައް ދުވަހެއް ވެފައި ތިބި މީހުން އެބަތިބި ކަމަށެވެ. އެފަދަ މީހުންނަށް އަމިއްލަ ރަށުން ގޯތި ލިބުން ދަތިވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ އެފަދަ މީހުންނަށް ހާއްސަކޮށްގެން އާ ހައުސިން ސްކީމެއް ތައާރަފުކުރައްވަން ނިންމަވާފައިވާ ކަމަށެވެ.

"މާލޭގައި ދިރިއުޅޭ، އަޅުގަނޑުމެން މިކިޔާ ދަފްތަރުގައި ޖެހިފައިވާ 20 އަހަރަށް ވުރެ ގިނަ ދުވަހު ތިބި މީހުންނާއި، އަދި މާލޭގައި 20 އަހަރަށް ވުރެ ގިނަ ދުވަހު އުޅޭކަން ކަށަވަރުކޮށްދޭ ހުރިހާ އެންމެންނަށް އިރާދަކުރެއްވިއްޔާ އެ ހައުސިން ސްކީމުގެ ތެރެއިން ފްލެޓާ ގޯތި ދޫކޮށްދޭނަން" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އާ ހައުސިން ސްކީމުގެ ސިޔާސަތުތައްމިދިޔަ ދެތިން ދުވަހެއްގެ ތެރޭގައި ވަނީ ކަނޑައަޅާފައި ކަމަށެވެ. ދެން އޮތީ އެ ސްކީމް އިއުލާނު ކުރުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި ސަރުކާރުން ވަނީ ގުޅީފަޅާއި، ގިރާވަރުފަޅު އަދި ހުޅުމާލެ ހިއްކަައިގެން 5،000 ގޯތި ދޫކޮށްފައެވެ. އެ ސްކީމް ހާއްސަކޮށްފައި އޮތީ މާލޭ ރަށްވެހިންނަށެވެ.

comment ކޮމެންޓް