ތެލެސީމިއާ ކުދިންނަށް ބީއެމްއެލްއިން ލޭ ހަދިޔާ ކުރަނީ

ބީއެމްއެލްގެ މުވައްޒަފުން ލޭ ހަދިޔާ ކުރުން--

ބޭންކް އޮފް މޯލްޑިވްސްއިން ތެލެސީމިއާ ކުދިންނަށް ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމެއް މިއަދު ބާއްވައިފިއެވެ.

މި ޕްރޮގްރާމަކީ ބީއެމްއެލާއި މޯލްޑިވްސް ބްލަޑް ސާވިސްއާ ގުޅިގެން ލޭ ހަދިޔާ ކުރުމަށް ބޭއްވި ޕްރޮގްރާމެކެވެ.

މިއީ ލޭ ބޭނުންވާ ކުދިންނަށް ބޭނުންވާ މިންވަރު ބަލައި، ދެމެހެއްޓެނިވި ގޮތުގައި ލޭ ހަދިޔަ ކުރުމުގެ ބޭނުމުގައި ކޮންމެ ތިން މަހަކުން އެއް ފަހަރު މުވައްޒަފުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ޕްރޮގްރާމެއް ކަމަށް ބީއެމްއެލުން ބުނެއެވެ.

މި ޕްރޮގްރާމް ފެށުނީ 2021 ވަނަ އަހަރު ކަމަށްވެސް އެ ބޭންކުން މައުލޫމާތު ދެއެވެ.

ބީއެމްއެލްގެ މުވައްޒަފުން ލޭ ހަދިޔާ ކުރުން--

ބީއެމްއެލުން ބުނީ މިއަދު ބޭއްވި ލޭހަދިޔާ ކުރުމުގެ ޕްރޮގްރާމުގައިވެސް 46 މުވައްޒަފަކު ލޭ ހަދިޔާ ކޮށްފައިވާ ކަމަށެވެ. އަދި ފުރަތަމަ ދެ ކުއާޓާގައި، 60 އަށް ވުރެ ގިނަ މުވައްޒަފުންނާއި އެ ފަރާތްތަކުގެ އާއިލާއިން ބައިވެ، ލޭ ހަދިޔާ ކޮށްފައިވާ ކަމަށްވެސް އެބޭންކުން ބުނެއެވެ.

ބޭންކް އޮފް މޯލްޑިވްސް އިން ބުނީ އެ ބޭންކުގެ އަމާޒަކީ މުވައްޒަފުން އިޖުތިމާއީ ކަންކަމަށް ހޭލުންތެރި ކުރުވާ މުޖުތަމައުއަށް ފައިދާ ކުރަނިވި ހަރަކާތްތަކުގަިއ ބައިވެރިވާ ބައިވެރިވުން އިތުރު ކުރުވުން ކަމަށެވެ.

comment ކޮމެންޓް