މާލެއިން ގެއްލުނު ޒުވާނާ ފެނިއްޖެ

ގެއްލިގެން ހޯދި އއ. މާޅޮސް، ހުސްނޫވިލާ، އުމުރުން 21 އަހަރުގެ އަލީ ރިޝާން --

މާލެއިން ގެއްލިގެން ހޯދަމުން އައި ޒުވާނާ ފެނިފައިވާކަމަށް ފުލުހުން ބުނެފިއެވެ.

ގެއްލިގެން ހޯދީ އއ. މާޅޮސް، ހުސްނޫވިލާ، އުމުރުން 21 އަހަރުގެ އަލީ ރިޝާނެވެ.

އާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް މިދިޔަ ހުކުރު ދުވަހު ރިޕޯޓުކޮށްފައިވާތީ އޭނާ ހޯދުމުގެ މަސައްކަތް ކުރިކަމަށް ފުލުހުން ބުންޏެވެ.

ގެއްލިގެން ރިޕޯޓުކުރިއިރު އޭނާގެ ޚަބަރެއް އެންމެ ފަހުން ވެފައިވަނީ ގާތްގަނޑަކަށް ދެހަފުތާ ކުރިންކަމަށް އޭނާގެ އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މީގެ ކުރިން ފުލުހުން ވަނީ ގެއްލިގެން ހޯދަން ފުލުހުންނަށް ރިޕޯޓުކޮށްފާނެ ފަދަ ކަންކަން މަޖަލަކަށް ނަމަވެސް ނުކުރުމަށް ފުލުހުން އިލްތިމާސްކޮށްފައެވެ.

މި ފަހުން އެކި ރަށްރަށުންނާއި މާލޭ ސަރަހައްދުން ވެސް މީހުން ގެއްލިގެން ހޯދަން ގިނަ އަދަދަކަށް ރިޕޯޓުކޮށްފައިވެއެވެ.

comment ކޮމެންޓް