މަޖިލީހުގެ ތަޅުމަށް ނުވަނީ، އިދިކޮޅުގެ ކެމްޕޭން ޖަގަހައަކަށް ހެދުމުން: ޝަރީފް

އޭޕްރިލް 15، 2019: ރައްޖިތުން މަޖިލީހުގެ ޖަލްސާގެ ތެރެއިން -- ފޮޓޯ/ މަޖިލިސް

މި ވަގުތު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ތަޅުމަށް ނުވަދެ ތިބީ ސަރުކާރުން ހުށަހަޅާފައިވާ މުހިންމު މައްސަލަތައް ބެހެއްޓުމަށް ފަހު، އިދިކޮޅުން ކެމްޕެއިން ކުރުމަށް ހުށަހަޅާފައިވާ ގަރާރުތަކެއްގެ ބަހުސް ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރަމުންދާތީ ކަމަށް މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް (މަވޯޓާ) ވިދާޅުވެއްޖެއެވެ.

މިއަދު ހެނދުނު 09:00 ގައި ފެށި ޖަލްސާގެ ކޯރަމް ހަމަނުވާތީ އަދިވެސް އަންނަނީ ދިގުދަންމަމުންނެވެ،

މަޖިލީހުގެ ރިޔާސަތުގައި އިންނެވި ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ މަޖިލީހަށް 23 މެންބަރުން އައި ނަމަވެސް މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮންނަ އެމްޑީޕީއަށް ނިސްބަތްވާ ބައެއް މެންބަރުން މަޖިލީހުގެ ތަޅުމަށް ވަނުމަށް އިއުތިރާޒު ވަމުން އަންނަ ކަމަށެވެ. މަޖިލިސް ކުރިއަށް ގެންދެވޭނީ ތަޅުމުގައި 22 މެންބަރުން ތިއްބަވާނަމައެވެ.

މިކަމާ ގުޅިގެން މެންބަރު ޝަރީފް ވިދާޅުވީ، މަޖިލިސް މިހާރު ވަނީ އިދިކޮޅުން ކެމްޕެއިން ކުރަމުންދާ ޖަގަހައަކަށް ބަދަލުވެފައި ކަމަށެވެ. އަދި، މަޖިލީހުގައި ކެމްޕޭނާ ގުޅުން ހުރި ބަހުސް ކުރުމަށް މަސައްކަތްކުރައްވާ ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.

"ސަރުކާރުން ހުށަހަޅާފައިވާ މުހިންމު މައްސަލަތައް ކުރިއަށް ބަހައްޓާފައި އިދިކޮޅުން ގަރާރު ހުށަހަޅައިގެން ކެމްޕެއިން ބަހުސްކުރަނީ. އަޅުގަނޑުމެންނަށް ފުރުސަތެއް ނުދޭ،" ޝަރީފް ވިދާޅުވިއެވެ.

މިއަދުގެ ޖަލްސާގައި ވަނީ، މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ހުށަހަޅުއްވާފައިވާ ރާއްޖޭގެ މަސްކަނޑުން ގެއްލުނު ބައި ހޯދުމުގެ މަސައްކަތް އަވަހަށް ފެށުމަށް ސަރުކާރަށް ގޮވާލުމަށް ހުށަހަޅާފައިވާ ގަރާރެއްގެ އިތުރުން މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ހުށަހަޅުއްވާފައިވާ އިންތިޚާބުތަކަށް ސަރުކާރުން ނާޖާއިޒު ނުފޫޒާއި ބާރުފޯރުވަމުންދާތ،ީ އިންތިޚާބުތައް އިންސާފުވެރި ކުރުމަށާއި މިނިވަންކުރުމަށް ވެފައިވާ ވަޢުދާ އެއްގޮތަށް ސަރުކާރުން ކަންކަން ތަންފީޒުކޮށް މަގުފަހިކުރުމަށް ގޮވާލައި ހުށަހަޅާފައިވާ ގަރާރެއް ވެސް އެޖެންޑާ ކޮށްފައެވެ.

ޖަލްސާ ކުރިއަށް ގެންދެވޭނީ ތަޅުމުގައި މަދުވެގެން 22 މެންބަރުން ހާޒިރުވެ ތިއްބަވާނަމައެވެ. ރިޔާސަތުގައި އިންނަވާ ނަޝީދު ވަނީ މަޖިލީހުގެ މެޖޯރިޓީ މެންބަރުން ހިމެނޭ އެމްޑީޕީގެ މެންބަރުން މި ކަމަށް ސަމާލުވުމަށް އެދިވަޑައިގެންފައެވެ.

އެހެންނަމަވެސް އެމްޑީޕީއަށް ނިސްބަތްވާ ބައެއް މެންބަރުން، ހާޒިރުވުމަށް ފަހު ވެސް މަޖިލީހުގެ ތަޅުމަށް ވަޑައިނުގެން ވަނީ ކުޑަދަށުގައި މަޑުކުރައްވާފައެވެ. އެހެންވެ، ކޯރަމް ހަމަނުވާތީ އަދިވެސް މަޖިލިސް ނުފެށި ވަނީ ދިގުލައިގެން ގޮސްފައެވެ.

ރިޔާސަތުގައި އިންނަވާ ނަޝީދު ވިދާޅުވީ މީގެ ކުރިން ކޮމިޓީތައް އެކުލަވައިނުލެވި އޮތުމުންނާއި މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެއްކޮށް ހުށަހެޅުމުން މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ނުގެންދެވުނު ކަމަށެވެ. ނަމަވެސް މިހާރު އެ މައްސަލަ އަނބުރާ ގެންދިޔުމަށް ފަހު މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ނުގެންދިޔުމަށް މަޖިލީހުގެ ކޮންޓްރޯލް އޮންނަ އެމްޑީޕީން ކުރަމުންދާ ކަމަށް ނަޝީދު ވިދާޅުވިއެވެ.

https://sun.mv/182127

"އަޅުގަނޑު ދަންނަވާނީ އެގޮތަށް އަމަލު ކުރެއްވުމުން އަޅުގަނޑު ދަންނަވާނީ އެއްވެސް ބޭފުޅަކަށް މީގެން ލިބޭނެ ފައިދާއެއް ނެތް. ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލިސް ހުއްޓިގެން ލިބޭނެ މޮޅެއް އަޅުގަނޑަށް ޔަގީން ކަށަވަރު ނޯންނާނެ،" އެ މަނިކުފާނު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ރައްޔިތުންގެ ހައްގުގައި ވަކާލާތުކުރަން ހުވާކޮށްގެން ތިބެ މަޖިލީހުގެ ތަޅުމަށް ނުވަދެ ތިބުމަކީ އެދެވިގެންވާ ކަމެއް ނޫން ކަމަށެވެ.

ރިޔާސީ އިންތިޚާބުގެ ކެމްޕޭންގައި އުޅުއްވާތީ، ގިނަ މެންބަރުންތަކެއް މަޖިލީހަށް ހާޒިރުނުވެއެވެ. އެގޮތުން ތިންވަނަ ދައުރު ފެށުނު ފަހުން ކޯރަމް ހަމަނުވެގެން ދެ ޖަލްސާއެއް މީގެ ކުރިން ވެސް ވަނީ ކެންސަލް ކޮށްފައެވެ. އެއާ އެކު އިންތިޚާބަށް ފަހު މަޖިލިސް އޮންނަ ގޮތަށް ވަނީ މަޖިލީހުގެ ޖަލްސާތަށް ވެސް ފަސްކޮށްފައެވެ.

އެހެންނަމަވެސް އިންތިޚާބުގެ ފުރަތަމަ ބުރަށް ފަހު މިދިޔަ ހަފުތާގައި މަޖިލީހުގެ ޖަލްސާތައް ވަނި ކުރިއަށް ގެންގޮސްފައެވެ.

comment ކޮމެންޓް