ރައީސް ޞާލިހަށް ތާއިދު ހޯއްދަވައިދެއްވުމަށް ފަޒްނާ ވިލިމާލޭގެ ގެތަކަށް

ރައީސް ޞާލިހަށް ތާއިދު ހޯއްދަވައިދެއްވުމަށް ފަޒްނާ ވިލިމާލޭގައި ----

މި މަހުގެ 30 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް ތާއިދު ހޯއްދެވުމަށް އަނބިކަނބަލުން ފަޒްނާ އަހްމަދު ވިލިމާލޭގެ ގެތަކަށް ޒިޔާރަތްކުރައްވައިފިއެވެ.

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓު ލިބުނު ދެ ކެންޑިޑޭޓުންގެ މެދުގައި ބާއްވާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ދެ ހަފުތާއަށް ވެފައިވާއިރު ކެމެޕެއިން އަންނަނީ ވަރަށް ފޯރީގައި ކުރިއަށް ގެންދަމުންނެވެ.

ފުރަތަމަ ބުރުގައި ރައީސް ޞާލިހާ އެކު ބައެއް ކެމްޕެއިން ހަރަކާތްތަކުން ފެނުނު ފަޒްނާ, ވަނީ އިންތިޚާބުގެ ފުރަތަމަ ބުރަށް ފަހު މާލޭގައި ޑޯ ޓް ޑޯ އަށް ނުކުމެވަޑައިގަންނަވާފައެވެ.

ރައީސް ޞާލިހަށް ތާއިދު ހޯއްދަވައިދެއްވުމަށް ފަޒްނާ ވިލިމާލޭގައި ----

އެގޮތުން މިއަދު ފަޒްނާ ވަނީ ކެމްޕޭން ޓީމަތަކާ އެކުގައި ވިލިމާލޭގެ ބައެއް ގެތަކަށް ޒިޔާރަތް ކުރައްވާ ރައީސް ޞާލިހަށް ތާއީދު ހޯއްދެވުމަށް މަސައްކަތް ކުރައްވާފައެވެ. އަރިހުގައި އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ބައެއް މެންބަރުން ވެސް ބައިވެރިވިއެވެ.

އިދިކޮޅަށް ތާއިދު ބޮޑުކޮށް ފެންނަ ވިލިމާލޭގައި ބެހެއްޓި ފަސް ފޮށިން ވެސް އެންމެ ގިނަ ވޯޓު ހޯއްދެވީ ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއެވެ. އެގޮތުން އޭނާއަށް 740 ވޯޓު ލިބުނުއިރު ރައީސް ޞާލިހަށް ވިލިމާލެ ފޮށިތަކުން ލިބިލެއްވީ 964 ވޯޓެވެ.

ރައީސް ޞާލިހަށް ތާއިދު ހޯއްދަވައިދެއްވުމަށް ފަޒްނާ ވިލިމާލޭގައި ----

އަތުން ކައްސާލި ކަންކަން ދެނެގަނެ އެކަންކަމަށް ހައްލު ގެނެސް ބޮޑު ތަފާތަކުން ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ކާމިޔާބު ކުރެވޭނެ ކަމަށް ރައީސް ޞާލިޙް ވަނީ ދާދި ފަހުން ވިދާޅުވެފައެވެ.

ފުރަތަމަ ބުރުގައި ވޯޓުލާން ނުކުތް 225،486 މީހުންގެ ތެރެއިން ސައްހަވީ، 220،651 ވޯޓުގެ ތެރެއިން ރައީސް ޞާލިހަށް ލިބިވަޑައިގަތީ 86،161 ވޯޓެވެ. އެ ބުރުގައި ކުރި ހޯއްދެވި ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުއިއްޒަށް ލިބިލެއްވީ 101،635 ވޯޓެވެ.

comment ކޮމެންޓް