ހުޅުމާލޭ އުނިގަސް މަގުން މަރުވެގެން ވެއްޓިފައި އޮތް މީހަކު ފެނިއްޖެއެވެ.
ފުލުހުން ބުނީ އޭނާ ފެނިގެން ރިޕޯޓުކޮށްފައިވަނީ މިއަދު ހެނދުނު ކަމަށެވެ. އަދި، ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އޭނާ މަރުވެފައިވާ ކަމަށެވެ.
ފުލުހުން ބުނީ އެއީ ސިންގަޕޫރުގެ 68 އަހަރުގެ ފިރިހެނެއް ކަމަށެވެ.
އޭނާ މަރުވީ ދުވަން ނުކުމެ އުޅެނިކޮށް ކަމަށް ބެލެވޭ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ.