ޑިމޮކްރެޓްސްއިން އެދެނީ މި މަހުގެ 25ގައި ނިޒާމާ ގުޅޭ ވޯޓެއް ނަގަން

ޑިމޮކްރެޓްސްގައި އިސްކޮށް އުޅުއްވާ ބައެއް ބޭފުޅުން - ފޮޓޯ: ޑިމޮކްރެޓްސް

ރައީސް މުޙައްމަދު ނަޝީދާއި އެ މަނިކުފާނަށް ތާއީދުކުރައްވާ މަޖިލިސް މެމްބަރުން އުފެއްދި "ދަ ޑިމޮކްރެޓްސް"އިން އެދުނީ، ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ފެންނަ ނުފެންނަ ވޯޓެއް މިމަހުގެ 25ގައި ނެގުމަށް ކަމަށް އެ ޕާޓީން ހާމަ ކޮށްފިއެވެ.

ނިޒާމާ ބެހޭ ވޯޓެއް ނެގުމަށް އެދި ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބް ވަނީ މިދިޔަ ބުދަ ދުވަހު މަޖިލީހަށް ގަރާރެއް ހުށަހަޅުއްވާފައެވެ. އެ ގަރާރާ މެދު އަދި ވަކިގޮތެއް ނުނިންމައެވެ.

ހަމައެއާއެކު ފުރަތަމަ ބުރުގައި 15000 ވޯޓް ހޯދި ޑިމޮކްރެޓްސްއިން އަންނަނީ ދެވަނަ ބުރުގައި ތާއީދު ކުރާނެ ޕާޓީއެއް ނިންމުމުގެ ގޮތުން އެމްޑީޕީ އާއި ޕީޕީއެމްއާއެކު މަޝްވަރާ ކުރަމުންނެވެ.

އެ މަޝްވަރާތަކުގައި ބައިވެރިވެލައްވާ، އިލްޔާސްގެ ރަނިންމޭޓް ހުސައިން އަމްރު މުހައްމަދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، ނިޒާމު ބަދަލުކުރުމަށް އެންމެ ރަނގަޅު ވަގުތަކީ އިންތިޚާބެއްގެ ފުރަތަމަ ބުރާއި ދެވަނަ ބުރާ ދޭތެރެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި ރައްޔިތުން އެދޭގޮތަށް ވެރިކަން ކުރެވޭނީ ވެރިކަން ކުރާ ނިޒާމަށް ބަދަލު ގެނެސްގެން ކަން ވޭތުވެދިޔަ ތިން ދައުރުން ސާފު ވާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"މި މަހުގެ 25ގައި ރައްޔިތުންނަށް ނިޒާމާ ގުޅޭ ގޮތުން ބަސްބުނަން ފުރުސަތު ދިނުން. އަދި އޭގެ ފަހުން 30ވަނަ ދުވަހު ދެވަނަ ބުރުގެ ވޯޓު ލުން. ނިޒާމަށް ބަދަލު ގެންނަން ފެނިއްޖެ ނަމަ 30ވަނަ ދުވަހު ހޮވޭ ރައީސަކީ ބަރުލަމާނީ ނިޒާމެއްގެ ރައީސުލްޖުމްހޫރިއްޔާ،" އަމްރުގެ ޓްވީޓުގައި ވެއެވެ.

މަޖިލީހަށް ގަރާރު ހުށަހެޅުއްވި ސަބަބާ ގުޅޭގޮތުން އިލްޔާސް ވިދާޅުވީ އެ ގަރާރު ހުށަހަޅުއްވަން ނިންމެވީ، 2008ވަނަ އަހަރުން ފެށިގެން، މިހާތަނަށް އައި ސަރުކާރުތަކުގެ ތަޖުރިބާއަށް ބަލައި، މިއީ އެ ސުވާލު ރައްޔިތުންނާ ކުރަންވީ ވަގުތު ކަމަށް ގަބޫލުކުރެއްވޭތީ ކަމަށެވެ.

"ދެހާސް އަށްވަނަ އަހަރު ގާނޫނު އަސާސީ ތަސްދީގުވެގެން މި ހިސާބަށް އައި އިރު އެއްވެސް ޕާޓީއަކަށް މެޖޯރިޓީއެއް ލިބިފަކާއެއް ނެތް އެހެން ޕާޓީތަކަކާ އެކީ ކޯލިޝަން ހަދައިގެން ނޫން ގޮތަކަށް ރިޔާސީ އިންތިޚާބުގައި" އިލްޔާސް ވިދާޅުވިއެވެ.

https://sun.mv/181931

ނިޒާމީ ވޯޓަކަށް ދިޔުމަށް އިލްޔާސް ގަރާރެއް ހުށަހެޅުއްވިއިރު، ޑިމޮކްރެޓްސްގެ މެންބަރުން އެމްޑީޕީގެ ތެރެއިން ވަކިވި އެއް ސަބަބަކީ ނިޒާމީ ވޯޓެއްގެ މައްސަލައެވެ.

މި މައްސަލައިގައި ގަރާރެއް މަޖިލީހަށް ހުށަހަޅުއްވާފައި ވާއިރު، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ޞާލިހް، މިހާރު މަސައްކަތް ކުރައްވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާ އެކު ކޯލިޝަން ހަދައިގެން އިންތިޚާބުގައި ކުރިއަށް ދިއުމަށެވެ.

comment ކޮމެންޓް