ސާވޭއެއްގެ ނަމުގައި ދަރިވަރުންގެ އައިޑީ ކާޑު ހޯދާތީ ސަމާލުވެތިބެން އެދެފި

އަހްމަދިއްޔާ އިންޓަނޭޝަނަލް ސުކޫލްގެ ދަރިވަރުން ތަކެއް --

އިންތިޚާބުގެ ދެވަނަ ބުރާ ދިމާކޮށް ސާވޭއެއް ކުރުމުގެ ނަމުގައި ދަރިވަރުންގެ އައިޑީ ކާޑުގެ ކޮޕީ ހޯދަމުން ދާތީ އެކަމަށް ސަމާލުވެތިބެން ފުލުހުން އިލްތިމާސްކޮށްފިއެވެ.

މިކަން ހާމަ ކުރަމުން ފުލުހުން ބުނީ ދަރިވަރުންނަށް އަމާޒުކޮށް ސާވޭއެއް ކުރުމުގެ ނަމުގައި އެ ދަރިވަރުގެ އައިޑީ ކާޑުގެ ކޮޕީ ހޯދަމުން ގެންދާ ކަމުގެ މައުލޫމާތު އެ މުއައްސަސާއަށް ލިބިފައިވާ ކަމަށެވެ.

ފުލުހުން ބުނީ މިފަދަ ޑޮކިއުމެންޓްތަކުގައި ހިމެނޭ ޒާތީ މައުލޫމާތުތަކަކީ އެކި ސްކޭމްތައް ހިންގުމުގައްޔާއި އަދި އައިޑެންޓިޓީ ތެފްޓް ފަދަ އެހެނިހެން ކުށްތަކަށް އަރައިގަތުމަށް ބޭނުން ކުރެވޭނެ މައުލޫމާތުތައް ހިމެނޭ ލިޔުންތަކަށްވާއިރު މިފަދަ ތަކެތި ހިއްސާ ނުކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ.

ވިޔަފާރިތަކާއި ކުންފުނިތަކުން ހިންގާ ޕްރޮމޯޝަންގެ ނަމުގައި އޮޅުވާލައިގެން ފައިސާ ހޯދާ މައްސަލަ ކަންބޮޑުވާ މިންވަރަށް ގިނަވަމުން އަންނާތީވެ، އެކަމަށް ސަމާލުވުމަށް ކަމާބެހޭ ފަރާތްތަކުން އަންނަނީ ތަކުރާރުކޮށް އިލްތިމާސްކުރަމުންނެވެ.

comment ކޮމެންޓް