ޑުރަގު ހިމެނޭހެން، މާފަރު ފުލުހުންގެ އަތުގައި ހުރި ބައެއް ތަކެތި ވަގަށް ނަގައިފި

ނ. މާފަރު: ---

ނ. މާފަރު ޕޮލިސް ސްޓޭޝަނުގައި ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ބައެއް ތަކެތި ވަގަށް ނަގައިފިއެވެ.

ފުލުހުން ބުނީ މިދިޔަ މަހުގެ 13ވަނަ ދުވަހު އެ ސްޓޭޝަނުން ވަގަށް ނަގާފައިވާ ތަކެތީގެ ތެރޭގައި ބަނގުރަލާއި، މަސްތުވާތަކެތި ހިމެނޭ ކަމަށެވެ.

އެ މައްސަލަ ފުލުހުން ބަލަމުންދާ ކަމަށާއި، އަދި ޕްރޮފެޝަނަލް ސްޓޭންޑަޑްސް ކޮމާންޑުން އެތެރޭގެ ތަހުގީގެއް އެކަމާ ގުޅިގެން ހިންގަމުންދާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

އެނގިފައިވާ ގޮތުގައި މި މައްސަލައިގައި ހިމެނޭ މަސްތުވާތަކެއްޗަކީ މާފަރު ބޯޓުން 12 އޮގަސްޓު ވަނަ ދުވަހު އަތުލައިގަތް ތަކެއްޗެވެ. އޭގެ ދުވަހެއް ފަހުން އެ ތަކެތި ވަގަށް ނެގި އިރު، މަސްތުވާތަކެތީގެ މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވެއެވެ.

comment ކޮމެންޓް