ވޯޓްލާ ދުވަހު ރާއްޖޭގެ ބޮޑު ބަޔަކަށް ކަނޑުމަޑުވެ މޫސުން ރަނގަޅުވާނެ: މެޓް

މޫސުން

މާދަމާ އަކީ ރާއްޖޭގެ ތާރީޚު ބަދަލުކޮއްލާނެ ބޮޑު ދުވަހެކެވެ. މި އަހަރުގެ ރިޔާސީ އިންތިޚާބުގެ ވޯޓުލުން ބާއްވާއިރު އެތައް ބަޔަކު ވޯޓުލުމަށް ކަނޑުގެ މަގުންނާއި ވައިގެ މަގުން ދަތުރު ކުރާނެއެވެ. ވޯޓަށް ދަތުރު ކުރާ މީހުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ މާދަމާގެ މޫސުން ގޯސްވުމެވެ.

މާދަމާގެ މޫސުން ލަފާކުރާ ގޮތް "ސަން"އާ ހިއްސާކުރަމުން މޫސުމާ ބެހޭ ގައުމީ އިދާރާ މެޓް އޮފީހުން ބުނީ، މާދަމާ މުޅި ރާއްޖެއަށް ވެސް މޫސުން ރަނގަޅު ވާނެކަމަށެވެ.

ނަމަވެސް، މެދު ރާއްޖެތެރެއަށާއި އުތުރުގެ ރަށްތަކަށް ކޮންމެވެސް ވަރަކަށް ކެރީގެ އަސަރު ފޯރުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުންޏެވެ.

"ދެކުނު އަނެއްހެން ރަނގަޅުކޮށް ދައްކަނީ،" މެޓް އޮފީހުގެ ފޯކާސްޓަރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މާދަމާ ރާއްޖޭގެ އެއްވެސް ސަރަހައްދަކަށް ވައި ގަދަވާނެ ކަމަށް ލަފާނުކުރެވޭ ކަމަށެވެ. އެހެންކަމުން ކަނޑުތައް ވެސް މަޑުވާނެ ކަމަށް މެޓް އޮފީހުން ބުންޏެވެ.

ނިމިގެން މިދިޔަ ހަފުތާއަކީ ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސް ހަފުތާއެކެވެ. އެގޮތުން މެޓް އޮފީހުން ވަނީ އެކި ފަހަރު މަތިން އެކި ހިސާބުތަކަށް އެލާޓް ނެރެފައެވެ.

comment ކޮމެންޓް