ރާއްޖޭގައި ޗީޒުގެ ބާވަތެއް ވިއްކުން މަނާކޮށްފި

ރާއްޖޭގައި ވިއްކުން މަނާކުރި "ކަމެމްބާޓް" ޗީޒް ---

ޖަރާސީމު އެކުލެވޭ ޗީޒުގެ ބާވަތެއް ރާއްޖެއަށް އެތެރެވެފައިވާތީ އެބާވަތުގެ ޗީޒް، ވިއްކުން ފުޑް އެންޑް ޑުރަގު އޮތޯރިޓީ (އެމްއެފްޑީއޭ) އިން މަނާކޮށްފިއެވެ.

ފުޑް އެންޑް ޑުރަގު އޮތޯރިޓީން ބުނީ "ލިސްޓީރިއާ މޮނޮސައިޓޯޖެނީސް" ޖަރާސީމުން ތަގައްޔަރުވުމުގެ ފުރުސަތު އޮތް "ކަމެމްބާޓް" ކިޔާ މި ޗީޒް ރާއްޖެއަށް އެތެރެވެފައިވާކަމުގެ މައުލޫމާތު ޔޫރަޕުގެ ރެޕިޑް އެލާޓް ސިސްޓަމް ފޯ ފުޑް އެންޑް ފީޑް އިން އެ އޮތޯރިޓީއަށް އަންގާފައިވާ ކަމަށެވެ.

މީގެ އިތުރުން މި އުފެއްދުމުގެ ސަބަބުން ކާބޯތަކެތީގެ ރައްކާތެރިކަމަށް އޮތް ހިރާސް ދެނެގަތުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްއެފްޑީއޭ އިން ބުންޏެވެ.

ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މިމަހުގެ 11 ވަނަ ދުވަހަށް މުއްދަތުހަމަވާ ފްރާންސުގެ މި އުފެއްދުން ރާއްޖެއަށް އެތެރެކޮށް ވިއްކުން ވަނީ އެމްއެފްޑީއޭ އިން މަނާކޮށްފައެވެ.

comment ކޮމެންޓް