ސައުދީން ސަލާހަށް ހުށަހެޅި 150 މިލިއަން ޕައުންޑްގެ ބިޑު ވެސް ލިވަޕޫލުން ގަބޫލެއް ނުކުރި

އިނގިރޭސި ޕްރިމިއާ ލީގުގައި ފުލަމްއާ ދެކޮޅަށް ކުޅުނު މެޗުގައި ލިވަޕޫލަށް ލިބުނު ޕެނަލްޓީ ސަލާހު ފޮނުވާލަނީ -- ފޮޓޯ/ ގެޓީ

މިސްރު ތަރި މުހައްމަދު ސަލާހު ހޯދުމަށް ސައުދީ އަރަބިއާގެ ކްލަބަކުން ހުށަހެޅި ބޮޑު ހުށަހަޅުމެއް ލިވަޕޫލުން ގަބޫލުނުކޮށް ދޫކޮށްލާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ރިޕޯޓުތައް ބުނެފައިވާ ގޮތުގައި ސައުދީގެ ކްލަބަކުން އެ ހުށަހެޅުން ހުށަހަޅާފައިވަނީ ލިވަޕޫލުގެ ޑިރެކްޓަރު މައިކް ގޯޑަންއަށް ފޯނުން ގުޅައިގެންނެވެ. އެ ހުށަހެޅުން ލިވަޕޫލުން ގަބޫލުނުކުރާކަން މިހާރު އަންގާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. ނަމަވެސް ސަލާހަށް އެ ހުށަހެޅުން ހުށަހަޅާފައިވަނީ ކޮން ކްލަބަކުންކަން ހާމަކޮށްފައެއް ނުވެއެވެ.

ސަލާހަށް ސައުދީން ކޮށްފައިވާ ބިޑުގައިވާ ގޮތުން 100 މިލިއަން ޕައުންޑް (126 މިލިއަން ޑޮލަރު)ގެ އިތުރުން ބޯނަސްގެ ގޮތުގައި 50 މިލިއަން ޕައުންޑް (63 މިލިއަން ޑޮލަރު) ހުށަހަޅާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މީގެ ކުރިން ސައުދީގެ އަލް އިއްތިހާދުން ވެސް ވަނީ ސަލާހު ހޯދުމަށް މަސައްކަތްތަކެއް ކޮށްފައެވެ. ސަލާހު ހޯދުމަށް އަލް އިއްތިހާދުން ހުށަހެޅީ 52 މިލިއަން ޕައުންޑުގެ ބިޑެކެވެ. ނަމަވެސް އެންމެ ފަހުން ސަލާހަށް ހުށަހެޅި ބިޑަކީ އެއަށްވުރެ ދެ ގުނަ ބޮޑު ބިޑެކެވެ.

ސަލާހު ހޯދުމަށް އަލް އިއްތިހާދުން އޭރު ކުރި މަސައްކަތާ ގުޅިގެން ލިވަޕޫލުގެ ކޯޗު ޔާގަން ކްލޮޕް ބުނެފައިވަނީ ސަލާހު ހުރީ އެ ކްލަބަށް ވަފާތެރިކޮށް ކަމަށާއި އޭނާ ކްލަބު ދޫކޮށް ނުދާނެ ކަމަށެވެ.

ލިވަޕޫލާއެކު ސަލާހު ހަދާފައިވާ ކޮންޓްރެކްޓް ނިމުމަކަށް އަނާނީ 2025 ވަނަ އަހަރުއެވެ.

comment ކޮމެންޓް