ކެންޑިޑޭޓުން ބިޒީ ވާތީ، ޕީއެސްއެމްގެ ރިޔާސީ ބަހުސް ކެންސަލް

ޕީއެސްއެމް އިން ބޭއްވި "މަޖިލިސް ބަހުސް 2019" -- ފޮޓޯ/ ޕީއެސްއެމް

ގައުމީ ޔުނިވާސިޓީއާއި، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގުޅިގެން އިންތިޒާމުކުރި ރިޔާސީ ބަހުސް ކެންސަލްކުރަން ނިންމައިފިއެވެ.

ޕީއެސްއެމުން މިއަދު ބުނީ އެ ބަހުސް ކެންސަލްކުރުމަށް ނިންމީ، ކެންޕޭނު ހަރަކާތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އޮތުމުން، ބައެއް ކެންޑިޑޭޓުންނަށް ބައިވެރި ނުވެވޭތީ ކަމަށެވެ.

އަދި ބަހުސް ފަހުގެ ތާރީހަކަށް ފަސްކޮށްފިނަމަ، ކެންޑިޑޭޓުންނަށް ކެމްޕެއިން ކުރުމަށް ދަތިތަކެއް ކުރިމަތިވެދާނެކަމެއްކަމަށް ދެކޭ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.

އެ ކުންފުނިން ބުނީ މިހާރު ވިސްނުން ހުރީ، ސަންގު ޓީވީން އިންތިޒާމުކުރާ ބަހުސްއާ ގުޅިގެން ކުރިއަށް ދިއުމަށް ކަމަށެވެ.

ޕީއެސްއެމްގެ ބަހުސް ކެންސަލްކޮށްލި އިރު، ރައީސް އިބްރާހީމް މުހައްމަދު ޞާލިހު ވަނީ އެ ބަހުސްގައި ބައިވެރިވާނެ ކަން އިއުލާނު ކުރައްވާފައެވެ. އަދި، ސަންގު ޓީވީގެ ބަހުސްގައި ބައިވެރި ނުވެވޭނެ ކަމަށް އެމަނިކުފާނު ވަނީ އަންގަވާފައެވެ.

އެމަނިކުފާނު ފިޔަވާ، އެހެން ހުރިހާ ކެންޑިޑޭޓުން ބަހުސްގެ ދައުވަތު ގަބޫލުކުރައްވާފައިވާކަމަށް ސަންގު ޓީވީން ބުނެއެވެ.

comment ކޮމެންޓް