ޓީޓީ އަންހެން ޓީމަށް ރަން މެޑަލް، ފިރިހެން ޓީމަށް ރިހި މެޑަލް

އައިއޯއައިޖީ 2023 ގައި ރާއްޖޭގެ ޓީޓީ ކުޅުންތެރިޔާ ފާތިމަތު ދީމާ އަލީ — ފޮޓޯ/ ސުއާދު އަބްދުލް ސައްތާރު, އެމްއޯސީ

އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި ރާއްޖޭގެ ޓީޓީ ފިރިހެން ޓީމު އަދި އަންހެން ޓީމުން ވެސް މެޑަލްއެއް ހޯދައިފިއެވެ.

އައިއޯއައިޖީ 2019 އެކޭ އެއްގޮތަށް އަންހެން ޓީޓީ ޓީމުން މިފަހަރުވެސް ރަން މެޑަލް ހޯދި އިރު، ފިރިހެން ޓީމުން ވަނީ ފުރަތަމަ ފަހަރަށް ރިހި މެޑަލްއެއް ހޯދައިފައެވެ.

މިފަހަރުގެ ގޭމްސްގައި އަންހެނުންގެ ޓީޓީ ޓީމް އިވެންޓު ކުރިއަށް ގޮސްފައިވަނީ ލީގު އުސޫލުންނެވެ. ރާއްޖޭގެ ޓީމުން ވަނީ ރީޔޫނިއަނާއި މަޑަކަސްގަރަ އަދި މޮރިޝަސް ވެސް ބަލިކޮށްފައެވެ.

ރާއްޖެއިން ރަން މެޑަލް ކަށަވަރުކުރީ އިއްޔެ މޮރިޝަސްއާ ދެކޮޅަށް ކުޅުނު މެޗު 3-1 އިން ކާމިޔާބުކޮށްގެންނެވެ. އެ މެޗުގައި ރާއްޖެއަށް މޮޅު ހޯދައިދިނީ ފާތިމަތު ދީމާ އަލީ އާއި އައިޝަތު ރަފާ ނާޒިމާއި ލައިސާ ފަތުހުﷲ އިސްމާއީލެވެ.

ރާއްޖޭގެ ފިރިހެން ޓީމުން އިއްޔެ ފައިނަލުގައި މަޑަކަސްކަރަ އަތުން 3-2 އިން ބަލިވި ނަމަވެސް، ރިހި މެޑަލް ވަނީ ކަށަވަރުވެފައެވެ. މިއީ ރާއްޖޭގެ ޓީމުން ފައިނަލުގައި ވާދަކުރި ފުރަތަމަ ފަހަރެވެ.

ރާއްޖޭގެ ފިރިހެން ޓީޓީ ޓީމަށް ރިހި މެޑަލް ހޯދައިދިނުމުގައި އެންމެ އިސް ދައުރެއް އަދާކުރީ މޫސާ މުންސިފް އަހުމަދާއި މުހައްމަދު ޝައްފާން އިސްމާއީލާއި އަހްޔަރު އަހުމަދު ހާލިދެވެ.

comment ކޮމެންޓް