ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގައި އެންމެ ރަނގަޅަށް މަސައްކަތްކުރި މުވައްޒަފުންގެ އަގުވަޒަންކޮށް އެ މުވައްޒަފުންނަށް ރޭ އެވޯޑް ދީފިއެވެ.
މި ހަފުލާގައި އެވޯޑް ހަވާލުކޮށްދެއްވީ ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ކާލް ސްޓުމްކަގެ އިތުރުން ބޯޑު ޑިރެކްޓަރުންނާއި ބޭންކުގެ އެގްޒެކްޓިވް މެނޭޖްމަންޓުގެ މެންބަރުންނެވެ.
މުވައްޒަފުންގެ ތެރެއިން ފާހަގަކޮށްލެވޭ ޚިދުމަތް ކޮށްފައިވާ މުވައްޒަފުންނާއި ޓީމުތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން އެކި ދާއިރާތަކުން ރޭ އެވޯޑެެއް ދީފައިވެއެވެ. އޭގެ ތެރެއިން ބެސްޓް އެޓޯލް ބްރާންޗް، ބެސްޓް ޓީމް، ކަސްޓަމާ ސާވިސް ސްޓާ އަދި އެވޯޑް ފޯ އިނޮވޭޝަން ހިމެނެއެވެ.

ބީއެމްއެލް ސްޓާފް އެވޯޑްސް ނައިޓް-- ފޮޓޯ/ ބީއެމްއެލް
ރޭގެ ހަފުލާގައި ދީފައިވާ އެވޯޑުތައް
- އެމްޕްލޯއީ އޮފް ދަ އިޔާ - ހުޒާތު ޢަލީ (ހެޑް އޮފް ކަސްޓަމާ ޕޭމަންޓްސް އެންޑް ސެޓަލްމަންޓް)
- ސީއީއޯ އެވޯޑް ފޯ އައުޓްސްޓޭންޑިން އެޗީވްމަންޓް އެވޯޑް - މާކެޓިން ޓީމާއި ބަދުރުއްދީން ޙަސަން (ހެޑް އޮފް ރީޓެއިލް ބޭންކިން އެންޑް ކާޑްސް)
- ބެސްޓް ލީޑާ އެވޯޑް - ފާތިމަތު ހަލީމް (ހެޑް އޮފް އޮޕަރޭޝަނަލް އެކްސެލެންސް)
- ބެސްޓް މެނޭޖާ އެވޯޑް - މުޙައްމަދު ޝާޢިގް އަޙްމަދު (ކަސްޓަމާ ސާވިސް މެނޭޖަރު)
މި ހަފުލާގައި ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ކާލް ސްޓުމްކަ ވަނީ ފާއިތުވި އަހަރު މުވައްޒަފުން ކޮށްފައިވާ ބުރަ މަސައްކަތުގެ އަގުވަޒަންކޮށް، އެވޯޑް ހާސިލްކުރި ހުރިހާ މުވައްޒަފުންނަށް މަރުހަބާ ދަންނަވާފައެވެ.

ބީއެމްއެލް ސްޓާފް އެވޯޑްސް ނައިޓް-- ފޮޓޯ/ ބީއެމްއެލް
"އަޅުގަނޑުމެންގެ ސްޓްރެޓަޖީގައި އިސްކަންދޭ ތިން އަމާޒުކަމުގައިވާ ކަސްޓަމަރުންނަށް އިންސާފުން މުއާމަލާތް ކުރުމަށާއި ޑިޖިޓަލައިޒޭޝަނާއި ދެމެހެއްޓެނެވި ގޮތެއްގައި ވިޔަފާރި ހިންގުމަށް މި ވަނީ ގާބިލް، މަސައްކަތަށް އިސްކަންދޭ އަދި ކަސްޓަމަރުންނަށް އަމާޒުކޮށްގެން ޚިދުމަތްދޭ މުވައްޒަފުންގެ ޓީމެއް ގާއިމްކުރެވިފައި. އަދި އަޅުގަނޑުމެން އަހުމިއްޔަތުކަމެއްދޭ އެއްކަމަކީ މުވައްޒަފުން ދެމެހެއްޓުމާއި ބޭންކަކީ މަސައްކަތްކުރަން އެންމެ ރަނގަޅު އެއް ތަނަށް ހެދުމަށް،" ކާލް ސްޓުމްކަ ވިދާޅުވިއެވެ.