ނައިފަރާއި ހުޅުދުއްފާރުގައި ދެ މަޝްރޫއެއް ހިންގަން 173 މިލިއަނަށް އެމްޓީސީސީއަށް

ދެ ރަށެއްގައި މަޝްރޫއު ހިންގަން އެމްޓީސީސީއާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ފޮޓޯއެއް --

ދެ ރަށެއްގައި މަޝްރޫއު ހިންގަން އެމްޓީސީސީއާ މިއަދު ހަވާލުކޮށްފިއެވެ.

އެމްޓީސީސީއާ ސަރުކާރުން މިހަވާލު ކުރީ ރ. ހުޅުދުއްފާރު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު އާއި ރ. ހުޅުދުއްފާރު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުއެވެ.

ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެެއްގައި، މި ދެ ރަށުގެ އެއްބަސްވުމުގައި ވެސް މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރު ޖެނެރަލް، ފާތުމަތު ޝާނާ ފާރޫޤުއެވެ.

އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އޮޕަރޭޓިން އޮފިސަރު ޝާހިދު ހުސައިން މޫސާއެވެ.

މި ދެ ރަށުގެ ތެރެއިން ރ. ހުޅުދުއްފާރު ގޮނޑުދޮށް ހިމާޔަތް ކު ރުމުގެ މަޝްރޫއުގެ ދަށުން ދަށުގެ 473 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމާއ،ި 320 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއ،ި 100 މީޓަރުގެ ސަރަޙައްދެއްގައި ލޯ ކްރެސްޓެޑް ބޭރުތޮށި ލުމާއ،ި 20,500 ކިއުބިކް މީޓަރުގެ ގޮނޑުދޮށަށް ވެލިއެޅުމުގެ މަސައްކަތް ހިމެނެއެވެ.

މި މަޝްރޫ އެމްޓީސީސީއާ ހަވާލުކުރީ 32.33 މިލިއަން ރުފިޔާއަށް 210 ދުވަސް ތެރޭ ނިންމާ ގޮތަށެވެ.

ޅ. ނައިފަރު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން އެރަށުގެ 20.95 ހެކްޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމާއ،ި 359 މީޓަރުގެ ރިވެޓްމެންޓެއް ޖެހުމާއ،ި 1,600މީޓަރުގެ ލޯ ކްރެސްޓެޑް ބޭރުތޮއްޓެއް ލުމާއ،ި 180 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމުގެ މަސައްކަތް ކުރާނެއެވެ.

މިމަސައްކަތް އެމްޓީސީސީއާ ހަވާލު ކުރީ 141.29 މިލިއަން ރުފިޔާއަށް 330 ދުވަސް ތެރޭ ނިންމުމަށެވެ.

comment ކޮމެންޓް