ވޭމަންޑޫ ކައުންސިލަށް އަނެއްކާ ވެސް ޕީޕީއެމް މެންބަރެއް

ވޭމަންޑޫ ކައުންސިލަށް އަލަށް އިންތިޚާބުވި އާމިނަތު ނާއިލާ --

ތ. ވޭމަންޑޫ ކައުންސިލްގެ ޕީޕީއެމް ސްލޮޓުގައި ހުރި އަންހެން މެންބަރު އިސްތިއުފާ ދެއްވުމުން އެ މަގާމަށް އަނެއްކާ ވެސް ޕީޕިއެމް މެމްބަރަކު އިންތިޚާބުވެއްޖެއެވެ.

އެ މަގާމަށް އިންތިޚާބުވެފައި ވަނީ، ތ. ވޭމަންޑޫ، ކެނެރީވިލާ އާމިނަތު ނާއިލާއެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ނައިބު ރައީސް އިސްމާއީލް ހަބީބް ކުރެއްވި ޓްވީޓެއްގައި ވަނީ، އެ ރަށުގެ އަންހެން ކައުންސިލް މެންބަރު ކަމަށް އެދި ޕީޕީއެމާއި އެމްއެންޕީން ފޯމެއް ހުށަހެޅި ކަމަށެވެ، ނަމަވެސް، ފޯމާއެކީ ހުށަހަޅަންޖެހޭ ތަކެތި ކަނޑައެޅިފައިވާ ސުންގަޑިއަށް ހުށަނޭޅުމުގެ ސަބަބުން އެމްއެންޕީގެ ހުށަހެޅުން އީސީން ބަލައިގެންފައެއް ނުވެއެވެ.

ވޭމަންޑޫގެ ކައުންސިލަކީ ޕީޕިއެމްގެ މެޖޯރިޓީ އޮންނަ ކައުންސިލެކެވެ. އެގޮތުން މި ކައުންސިލްގެ ފަސް މެމްބަރުންގެ ތެރެއިން ހަތަރު މެމްބަރުންނަކީ ޕީޕީއެމްއަށް ނިސްބަތް ވާ މެމްބަރުންނެވެ. ދެން ކައުންސިލްގައި ހުންނަވަނީ އެމްޑީޕީގެ މެންބަރެކެވެ.

ނާއިލާ މިގޮނޑި ކާމިޔާބު ކުރުމާ ގުޅިގެން ޕީޕީއެމްއަށް ސަޕޯޓު ކުރާ ގިނަ ބަޔަކު އަންނަނީ މަރުހަބާ ކިޔަމުންނެވެ.

comment ކޮމެންޓް